ހިޔާގެ ގިނަ ފްލެޓުތަކުން ކަރަންޓު ކެނޑިއްޖެ

ހިޔާގެ ގިނަ ޓަވަރުތަކުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން މީގެ ގަޑިރެއް ކުރިން ކުރި ޓްވީޓެއްގައި ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. މައްސަލަ ދެނެގަނެ، ވީ އެންމެ އަވަހަކަށް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އެ ޓަވަރުތަކުން ވާހަކަދެއްކި މީހުން ބުނީ ކަރަންޓު ކެނޑުނީ 5:30 ހާއިރު ކަމަށެވެ. ގަޑިއިރަކަށް ވުރެ ގިނަ ވެގެން ދިޔައިރު ވެސް ކަރަންޓު ނުލިބޭ ކަމަށް އެ މީހުން ބުނެ އެވެ.
ކަރަންޓު ކެނޑުނީ ބަންގި ގޮވަން ކުޑަތަން ވަނިކޮށެވެ. އެހެންވެ، ހިޔާގައި ދިރިއުޅޭ މީހުން މިއަދު ރޯދަ ވީއްލާފައި ވަނީ ކަނު އަނދިރީގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ