އޮފީހެއް ފަޅާލާ ހަތް ލައްކަ ރުފިޔާ ވަގަށް ނަގައިފި

ފުލުހުން ބުނީ އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ.
އޮފީހެއް ފަޅާލާ ހަތް ލައްކަ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން ދެންމެ ބުނި ގޮތުގައި މިއީ ރޯދަ މަހުގެ ފުރަތަމަ ދުވަސް -- މާޗް 23 ވަނަ ދުވަހު ހިނގި ވައްކަމުގެ މައްސަލަ އެެކެވެ. ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އެ އޮފީސް ފަޅާލާ ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.އެ މައްސަލައިގެ ތުހުމަތުގައި މިއަދު ވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކުރީ މާލެ އިންނެވެ. ފުލުހުން ބުނީ އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ.މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ