ފައިސާ ޖަމާވެއްޖެ ކަމަށްބުނެ ފޭކު އީމެއިލްތަކެއް، ސަމާލުވޭ!

ފައިސާ ޖަމާވެއްޖެ ކަމަށްބުނެ ލިންކަކާއެކު ފޭކު އީމެއިލްތަކެއް ފޮނުވާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފިއެވެ.
ބީއެމްއެލްގެ ނަމުގައި ފޮނުވާ މި އީމެއިލްތަކުގައި ބުނެފައިވަނީ ފައިސާ ޖަމާވެފައިވާ ކަމަށެވެ. އަދި އެ ޓްރާންސެކްޝަން ބަލަން ބޭނުންވާނަމަ ލިންކަކަށް ވަންނަން ވަނީ ބުނެފައެވެ.
މީގެ އިތުރުން އީމެއިލްގެ ޖަންކް ނުވަތަ ސްޕޭމް ބައިގައި މެއިލް އިނދެއްޖެނަމަ އިންބޮކްސްއަށް ބަދަލުކުރުމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މިއިން އެއްވެސް ކަމެއް ނުކުރުމަށް ބީއެމްއެލުން އިލްތިމާސްކުރެއެވެ. އެ ބޭންކުން ވަނީ މިފަދަ އީމެއިލެއް ލިބިއްޖެނަމަ ފޮނުވި އައިޑީ ބްލޮކް ކުރަން އިލްތިމާސްކޮށްފައެވެ.
ޓްރާންސެކްޝަން ނުވަތަ އެކައުންޓުގެ މައުލޫމާތާ ގުޅޭ ލިންކަކާއެކު އެއްވެސް އީމެއިލެއް ބީއެމްއެލުން ނުކުރާނެ ކަމަށްވެސް ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ނަމުގައި ތަފާތު ގޮތްތަކަށް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މަސައްކަތް ކުރެއެވެ. އެހެންވެ އެކައުންޓާ ގުޅޭ މައުލޫމާތު ރައްކާތެރިކުރުމަަށް ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ