މަސްތުވާ ތަކެތީގެ މައްސަލައެއްގައި 3 ދިވެހިން ހައްޔަރު ކޮށްފި

މަސްތުވާ ތަކެތީގެ މައްސަލައެއްގައި ކޯޓު އަމުރުގެ ދަށުން 3 ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ފުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފައި ވާކަމަށެވެ.  
މިއޮޕަރޭޝަނާއި ގުޅިގެން 15 މެއި ވީ ދުވަހު ކޯޓު އަމުރުގެ ދަށުން 3 ދިވެއްސަކު ހައްޔަރު ކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ހައްޔަރު ކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނަކާއި، 28 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ އަންހެނެކެވެ.
Advertisement
މި މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވެއެވެ.
އަދި ދެވަނަ ފަހަރަށް ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން 31 އަހަރުގެ މީހާއަށް 15 ދުވަސް، 28 އަހަރުގެ މީހާގެ ބަންދަށް 30 ދުވަސް ޖަހައި ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
އަދި 32 އަހަރުގެ މީހާ ވަނީ ކަރެކްޝަންސް އާއި ހަވާލު ކުރެވިފައި ކަމަށްވެސް ފުލުހުން ބުނެފައިވެރެވެ.
މިމައްސަލަ މިހާރު ތަހްޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ