ސްވިޑެން ނޭޓޯ އާއި ގުޅުމަށް ތުރުކީ އިން އިންކާރު ނުކުރުމަށް ބައިޑެން އެދިވަޑައިގެންފި

ތުރުކީވިލާތުގެ ރައީސްކަމަށް އާ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ރަޖަބް ތޮއްޔިބު އުރުދުޣާން އަށް ފޯނުން ގުޅުއްވާ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
ތުރުކީވިލާތުގެ ރައިީސް އުރުދުޣާން އާއި ފޯނުން ގުޅުއްވާ ތުރުކީވިލާތުން އެފް-16 ފައިޓާޖެޓް ގަތުމާއި ގުޅޭ ގޮތުންނާއި ސްވިޑެން އިން ނޭޓޯއާއި ގުޅުމާއި ގުޅޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރެއްވިއެވެ.
އުރުދުޣާން ވިދާޅުވީ އެމެރިކާއިން އުފައްދާ ހަނގުރާމަމަތީ މަތިންދާބޯޓް، އެފް-16 ފައިޓާޖެޓް ގަތުމަށް ތުރުކީއިން ޝައުގުވެރިވާ ކަމަށް ވިދާޅުވިއެވެ. އަދި ޓްރާންސްއެތްލާންޓިކް އަސްކަރީ އިއްތިހާދު (ނޭޓޯ) ގެ މެންބަރު ގައުމަކަށް ސްވިޑަން ހެދުމާއި ގުޅޭ ގޮތުން ތުކުރީން އިންކާރުކުރުން ހުއްޓާލުމަށް އެމެރިކާއިން އެދޭ ކަމަށް ބައިޑެން ވިދާޅުވިއެވެ.
ސްވިޑެން އާއި ފިންލޭންޑުން ނޭޓޯގެ މެންބަރު ކަމަށް އެދި ހުށަހަޅާފައިވަނީ މިދިޔަ އަހަރެވެ. ނޭޓޯގެ މެންބަރުކަން ލިބޭނީ އެ ދެގައުމުގެ މި ހުށަހެޅުން ނޭޓޯގެ ހުރިހާ މެންބަރު ގައުމުތަކުން އެޕްރޫވްކުރުމުންނެވެ.
އެމެރިކާގެ ބާރު އޮންނަ ނޭޓޯގެ މެންބަރުކަން މިދިޔަ މަހު ފިންލޭންޑަށް ވަނީ ދީފައެވެ. އެހެންނަމަވެސް ސްވިޑެންއަށް މެންބަރުކަން ދިނުމަށް ތުރުކީއާއި ހަންގޭރީން ވަނީ ދެކޮޅު ހަދާފައެވެ.
ތުރުކީން ތުހުމަތު ކުރާ ގޮތުގައި ސްވިޑަންގެ ސްޓޮކްހޯމްސްގެ ހަތިޔާރުއެޅި ގުރޫފްތަކަކީ ޓެރަރިސްޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ