މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 32،349 ޓޫރިސްޓުން އައިސްފައިވާއިރު، އެމީހުންގެ 70.8 އިންސައްތަ މީހުން ޗުއްޓީ ހޭދަަކުރަނީ ރިސޯޓުތަކުގައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ
މި އަހަރުގެ ފުރަތަމަ ހަ ދުވަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދަށްވުރެ %17.4 އިތުރުކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ހަ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 32،349 ޓޫރިސްޓުންނެވެ. އަދި އެ މުއްދަތުގައި އެވެރެޖުކޮށް ދުވާލެއްގެ މައްޗަށް 6،470 ޓޫރިސްޓުން އައިސްފައިވެ އެވެ.
މި އަހަރު މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ 70.6 އިންސައްތަކަމަށްވާ 22،849 ޓޫރިސްޓުން އައީ ގެސްޓުހައުސްތަކަށެވެ. ހޮޓާތަކަށް އައީ 914 މީހުންނެވެ. އަދި ގެސްޓުހައުސްތަކަށް އައިސްފައިވަނީ 7،615 މީހުންނެވެ. އެއީ އައި ޓޫރިސްޓުންގެ 23.5 އިންސައްތަ އެވެ. ސަފާރީ އުޅަނދުފަހަރަށް އައީ 971 ފަތުރުވެރިންނެވެ.
މި އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން މިހާތަނަށް އައީ ރަޝިޔާއިންނެވެ. އެ ގައުމުން 6،485 ފަތުރުވެރިން އައިއިރު ދެވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އައީ އިޓަލީންނެވެ. އެ ގައުމުން 5،285 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.
މިވަގުތު ރާއްޖޭގައި 172 ރިސޯޓަކާއި 929 ގެސްޓުހައުސެއް އޮޕަރޭޓުކުރަމުންދާއިރު، ސަފާރީ އުޅަނދުތަކއި ހޮޓާތައް ހިމަނައިގެން ޖުމްލަ 1،271 ފެސިލިޓީއަކުން ފަތުރުވެރިންނަށް ހިދުމަަތްދެ އެވެ. އެތަންތނުގައި 63،248 އެނދު އޮޕަރޭޓުކުރަމުންދެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޓޫރިސްޓުން އަންނަ މިންވަރު %17.4 އިތުރު، ގިނަ މީހުން ދަނީ ރިސޯޓުތަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ