ސްޓެލްކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހައުސްއިން ކަރަންޓު ކަނޑާލައިފި އެވެ.
ސްޓެލްކޯއިން މިއަދު ބުނީ، އެފްއޭއެމުން ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެއްކުމަށް އެކި ފަހަރު މަތިން އަންގާ، އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދެވުނު ކަމަށެވެ.
ނަމަވެސް އެކަންވެސް ކޮށްފައި ނުވާތީ، އެފްއޭއެމް ހައުސިން އިން ކަރަންޓް ކަނޑާލާފައިވާ ކަމަށް ބުންޏެވެ.
ސްޓެލްކޯއިން ބުނީ، އެ ފައިސާ ނުދައްކާ ނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް އެ ކުންފުނިން ވިސްނަމުންދާ ކަމަށެވެ.
ސްޓެލްކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމުން ކަރަންޓު ކަނޑާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ