ޓްރާންސްޕޯޓް ދާއިރާގެ ޤައުމީ ސަނަދަށް ލައިސަންސް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި ދެމެދު ޓްރާންސްޕޯޓް ދާއިރާގެ ޤައުމީ ސަނަދު ހާސިލް ކުރާފަރާތްތަކަށް ލައިސަންސްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއިކުރުމަށް އާދިއްތަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާއިޝަތު ނަހުލާއެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. އިބްރާހީމް ހަސަން އެވެ.
މި ފަހުމުނާމާގައި ސޮއި ކުރުމާއި ގުޅިގެން އިތުރު އިމްތިޙާނަކާ ނުލާ، ޓްރާންސްޕޯޓް ދާއިރާގެ އެއްގަމާއި ކަނޑުގެ އުޅަނދުތައް ދުއްވުމުގެ ލައިސަންސް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ.) ގެ ނޭޝަނަލް ސެޓްފިކެޓް ހާސިލް ކުރާ ފަރާތްތަކަށް، ލިބޭނެ ގޮތް ހަމަޖެހިގެންދާނެއެވެ.
މި ފަހުމުނާމާގައި ސޮއިކުރުމާއިއެކު މިހާރު އެމް.އެން.އެސް.ޑީ.އޭ. އިން އެކުލައިލާފައިވާ ޓްރާންސްޕޯޓް ދާއިރާގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކަށް ހިންގާ ޕްރޮގްރާމްތައް ނިންމުމުން އިތުރު އިމްތިޙާނަކާ ނުލާ އެދާއިރާއަކުން ލައިސަންސް ލިބިގެން ދާނެއެވެ.
އެމް.އެން.އެސް.ޑީ.އޭ. އިން އެކުލައިލާފައިވާ ޓްރާންސްޕޯޓް ދާއިރާގެ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަރޑްތަކުގެ ތެރެއިން އިތުރު އިމްތިހާނަކާ ނުލާ ލައިސަންސް ލިބިގެންދާނީ ނޭޝަނަލް ސެޓްފިކެޓް 3 އިން ހެވީ ވެހިކަލް އޮޕަރޭޝަންސް، ނޭޝަނަލް ސެޓްފިކެޓް 3 އިން ބަސް އޮޕަރޭޝަންސް އަދި ނޭޝަނަލް ސެޓްފިކެޓް 3 އިން ބޯޓް އޮޕަރޭޝަންސް އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ