ކ.ތުލުސްދޫގައި އަލަށް ހިއްކާފައިވާ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ސްޓެލްކޯއިން މިއަދު ފަށައިފިއެވެ.
މި ކަން ހާމަކޮށް، ސްޓެލްކޯއިން ބުނީ، ތުލުސްދޫގައި އަލަށް ހިއްކާފައިވާ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި، މި މަސަައްކަތްތައް ނިމުމާއެކު، އެ ސަރަހައްދު އާބާދުވެގެން އަންނައިރުގައި، ކަރަންޓުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށެވެ.
ތުލުސްދޫގައި އަލަށް ހިއްކާފައިވާ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ސްޓެލްކޯއިން ކުރަމުން އަންނައިރު، އެ ކުންފުނިން މިއަދު ދަނީ،ގުޅީފަޅުގެ އަލަށް ފްލެޓް އަޅާފައިވާ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަދި ކޮންޓްރޯލް ކޭބަލް ކަނެކްޝަނުގެ މަސައްކަތް ކުރިޔަށްދާކަމަށާއި، ގުޅީފަޅުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުނެއެވެ.
ތުލުސްދޫގައި އަލަށް ހިއްކާފައިވާ ސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ސްޓެލްކޯއިން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ