މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމް 'ބޯހިޔާވަހިކަން އެންމެނަށް'ގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހަޅަން ހުޅުވާލި ސުންގަޑި ހަމަވާން ގާތްވެފައި ވަނިކޮށް ޕޯޓަލް ޑައުންވެއްޖެ އެވެ.
ވީކިހިނެއް؟ - ދެ ފަހަރު މަތިން މުއްދަތު އިތުރުކުރި މި ސްކީމަށް އެދި ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ މިރޭ 11:59 އަށެވެ.
ތަފްސީލް - ހައުސިން ޕޯޓަލް ޑައުންވުމާ ގުޅިގެން ހައުސިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޕޯޓަލްއަށް ޓެކްނިކަލް މައްސަލައެއް ދިމާވެ އެޕްލިކޭޝަން ހުށަހެޅުގެ ހިދުމަތް ވަގުތީގޮތުން ވަނީ މެދުކެނޑިފައިވާ ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށާއި މައްސަލަ ޙައްލުވިހާ އަވަހަކަށް އެކަން ޢާންމުކޮށް އަންގާނެ ކަމަށް ބުންޏެވެ.
މި ކަމުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ސުންގަޑި ގާތްވެފައި ވަނިކޮށް ޕޯޓަލް ޑައުންވުމުން މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން މިނިސްޓްރީން އެއްޗެއް ނުބުނެ އެވެ.
ސުންގަޑި ހަމަވާން ގާތްވެފައިވަނިކޮށް ހައުސިން ޕޯޓަލް ޑައުންވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ