ރިސޯޓް ސުޕަ ލީގުގައި ދ. އަތޮޅު ޒޯނުގެ ޗެމްޕިއަން އަންގްސާނާ ވެލާވަރު އަތުން އަރި ޒޯނުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް ރަންގެލި ހަނި މޮޅެއް ހޯދައިފި އެވެ.
މި ޒޯނުގެ ދެ ލެގުގެ މެޗުވެސް ކުޅޭނީ ކޮންރެޑްގަ އެވެ. އިއްޔެ ކުޅުނު ފުރަތަމަ ލެގުގެ މެޗުން ކޮންރެޑް ކުރިހޯދީ 5-4 އިންނެވެ.
މި މެޗުގެ ދެވަނަ މިނިޓްގައި ވެލާވަރުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ އަލީ ޝާމިއު އެވެ. އެކަމަކު މެޗުގެ ހަތްވަނަ މިނިޓްގައި މުހައްމަދު ރިފާއު ހަސަން ވަނީ ގޯލު ޖަހައި ކޮންރެޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އަދި މެޗުގެ 12 ވަނަ މިނިޓްގައި އާދަމް އާޒިމް ވަނީ ގޯލު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޮންރެޑްގެ ތިން ވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ލައިޒާން މައުސޫމް އެވެ.
އެކަމަކު ދެވަނަ ހާފުގައި ވެލާވަރުން ކުޅުން ރަނގަޅުކޮށް ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނިޓްގައި ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ވިޝާހް ޝަރީފް އެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން ކޮންރެޑްގެ އަބްދުالله އަޒީމް ވަނީ ގޯލު ޖަހައި ފަރަގު ބޮޑުކޮށްފަ އެވެ.
އެކަމަކު މެޗު ނިމެން މިނިޓަކަށް ވެފައި ހުއްޓަ ވެލާވަރުގެ ސޫދު މުހައްމަދު ގޯލު ޖަހައި އަލުން ފަރަގު ކުޑަކުރި އެވެ. އެކަމަކު މެޗުގެ ފަހު މިނިޓްގައި ރިފާއު ވަނީ ކޮންރެޑްގެ ފަސްވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން ވެލާވަރުގެ އަލީ އަޒީމް ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
ސުޕަ ލީގުގައި މިދިޔަ އަހަރު ކޮންރެޑުން ވަނީ ދެ ލެގުގައި ވެސް ވެލާވަރު ބަލިކޮށްފަ އެވެ.
ރިސޯޓް ސުޕަ ލީގު: ފުރަތަމަ ލެގުން ވެލާވަރު އަތުން ކޮންރެޑަށް ހަނި މޮޅެއް ރިސޯޓް ސުޕަ ލީގު: ފުރަތަމަ ލެގުން ވެލާވަރު އަތުން ކޮންރެޑަށް ހަނި މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ