އަހަރެމެން އެކަކު އަނެކަކަށް ކޮންމެ ގޮތަކަށް ކަންކަންކުރި ނަމަވެވެސް، މިނެދޭ ނާޅިއަކުން މިނެދިންނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން މުޅިން ތަފާތެވެ. އަހުރެމެން ﷲ ތަޢާލާ އާއި ކުއްތަންވެލަން މަސައްކަތްކުރާއިރަށް އެކަލާނގެ މާބޮޑަށް އަހުރެމެންނާއި ކުއްތަންވެ ވޮޑިގަންނަވަތެވެ. ވީމާ މިއަދު މަގުފުރެދި މީސްތަކުން ހަލާކުގެ ތެރެއަށް ވެއްޓިގަންނަމުން އެދަނީ އެމީހުންގެ ވިސްނުމުން ﷲ ތަޢާލާ ބާކީކޮށްލައިގެން އުޅޭތީއެވެ.
ޙަދީޘްފުޅުގައި އޮތީ "ތިބާ ﷲ ޙިމާޔަތްކުރާށެވެ! ﷲ ތިބާ ހިމާޔަތްކުރައްވަވާނެތެވެ!"
އެކަންކުރަންވީ ގޮތުގެ މިސާލު ޖައްސަވައިދެއްވަވަމުން ޙަދީޘްފުޅު ކުރެއްވެވީ "ތިމަން ރަސޫލާ ﷲ ތައާލާގެ އަމުރުފުޅުތައް ޙިމާޔަތްކުރައްވަވަމެވެ. (ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރައްވަވަމެވެ.) މާނައަކީ ﷲ ތައާލާގެ އަމުރުފުޅުތަކަށް ޢަމަލުކުރާށެވެ! ﷲ ތައާލާ ތިބާއަށް ރައްކައުތެރިކަން ދެއްވަވާނެތެވެ!
ތިބާހުރި ކޮންމެ ތަނެއްގައި ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރަމުން ގެންދާށެވެ! އެއިރުން ތިބާއާއިއެކު ﷲ ތަޢާލާ އަބަދުވެސް ވޮޑިގަންނަވާނެތެވެ!
މީގެ އިތުރުންވެސް ސަމާލުކަންޖެހޭ ކަމެއް އެބައޮތެވެ! އެއީ މީސްތަކުންގެ ކިބައިން އެހީތެރިކަން ހޯދަން އާދޭސްކުރުމުގެ ބަދަލުގައި ﷲ ތަޢާލާއަށް ދުޢާކުރަމުން ގެންދިއުމެވެ. އެއިރުން އެމީހާ ބޭނުންވާ ކަންކަން ﷲ ތަޢާލާ ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ
މީސްތަކުން މިއަދު އެންމެ ބޮޑަށް ފޭލްވެފައި މިވަނީ ކިޔަމަންތެރިކަން އަދާނުކުރުމުގައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޙިމާޔަތާއި ރައްކައުތެރިކަމަށް އަދި މަދަދަށް އެދެވެނީ ﷲ ތަޢާލާއަށްޓަކައި ތިމާއަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރެވިތިބެއެވެ.
އެކަން ބަދަލުކޮށްލާށެވެ! ފުރަތަމަކަމަކަށް ﷲ ތަޢާލާގެ ޙައްޤުތައް އަދާކުރާށެވެ! އެއިރުން ކުރިން މިބުނިފަދައިން ތިބާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައިދެއްވެވުމުގައި ތިބާއާއިއެކު އަބަދުވެސް ﷲ ތަޢާލާ ވޮޑިގެންވާނެތެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
ބޭނުންވާ ކަންކަމުގެ ލިސްޓް ދިގުވެގެން ކަންބޮޑުނުވާށެވެ! ހުރިހާ ބޭނުންތަކެއްވެސް ހިންމަވައިދެއްވަވާނެ މީހަކަށް ވެވިދާނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ