އެންސްޕާއިން ބޭސްފަރުވާއަަށް މިދިޔަ މަހު 25 މިލިއަން ރުފިޔާ

ބޭސްފަރުވާކުރަން ދަތިވާ ފަރާތްތަކަށް ފަރުވާގެ ކަންކަން ހަމަޖައްސަން މިދިޔަ މަހު 25.8 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕޮޓެކްޝަން އެޖެންސީ (އެންސްޕާ) މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އެންސްޕާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ބޭސްފަރުވާ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ މަހު 25.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އެގޮތުން:
ރާއްޖެއިން ބޭރުން ފަރުވާކުރުމަށް 8.1 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
ރާއްޖެއިން ފަރުވާކުރުމަށް 17.7 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
ތަފްސީލް - ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މީގެ ތެރެއިން އެންމެ ގިނައިން އެހީ ހަމަޖައްސައިދީފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތަކަށެވެ. އެގޮތުން، އެ ބަލީގެ ފަރުވާއަށް 112 މީހަކަށް އެހީ ހަމަޖައްސައިދީފައިވެ އެވެ.
ދެން އެންމެ ގިނައިން އެހީ ހަމަޖައްސައިދީފައިވަނީ މައިބަދަ އަދި ނާރުގެ ބަލިތަކަށެވެ. އަދި ކަށީގެ ބަލިތަކާއި ވިހެއުމާ ގުޅޭ ފަރުވާތަކަށާއި ކެންސަރު ބައްޔަށް ވެސް ގިނަ އަދަދެއްގެ މީހުންނަށް އެހީ ހަމަޖައްސައިދީފައިވެ އެވެ.
އެގޮތުން، އެހީ ދީފައިވަނީ:
މައިބަދަ އަދި ނާރުގެ ބަލިތަކަށް - 111 މީހުންނަށް
ކަށީގެ ބަލިތަކަށް - 104 މީހުންނަށް
ވިހެއުމާ ގުޅޭ ފަރުވާއަށް - 99 މީހުންނަށް
ކެންސަރު ބައްޔަށް - 99 މީހުންނަށް
ކުޑަކުދިންގެ ބަލިތަކަށް - 78 ކުދިންނަށް
ކަރުންމަތީގެ ބަލިތަކަށް - 72 މީހުންނަށް
ލޮލުގެ ބަލިތަކަށް - 72 މީހުންނަށް
ގޭސްޓްރޯއިންޓެސްޓިނަލް - 66 މީހުންނަށް
ކުޑަކަމުދާ ނިޒާމުގެ އަދި ކިޑްނީގެ ބަލިތަކަށް - 63 މީހުންނަށް
ކާޑިއޯވެސްކިއުލާ - 45 މީހުންނަށް
އެންޑޯކްރައިން - 38 މީހުންނަށް
އަންހެނުންގެ ބަލިތަކަށް - 38 މީހުންނަށް
ނަފްސާނީ ބަލިތަކަށް - 38 މީހުންނަށް
އެހެނިހެން ބަލިތަކަށް - 30 މީހުންނަށް
ހެމަޓޮލޮޖިކަލް ބަލިތަކަށް - 26 މީހުންނަށް
ހަމުގެ ބަލިތަކަށް - 24 މީހުންނަށް
އޮޓޯއިމިއުން ބަލިތަކަށް - 13 މީހުންނަށް
ހެޕަޓިކް - 13 މީހުންނަށް
ކޮންޖެނިޓަލް ޑިސްއޯޑާސް - 11 މީހުންނަށް
ދަތުގެ ފަރުވާއަށް - 11 މީހުންނަށް
ތެލެސީމިއާ - 10 މީހުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ