ލަންކާއިން ދިވެހީންނަށް އެއް އަހަރަށް ވިސާ ދެނީ

ސްރީލަންކާއިން ދިވެހީންނަށް އެއް އަހަރަށް ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށް ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތް ހެރަތު ވިދާޅުވެއްޖެއެވެ. މިނިސްޓަރާ ހަވަލާދީ 'އިކޮނޮމީ ނެކްސްޓް'ގައި ވަނީ، މިހާތަނަށް ދިވެހީންނަށް ވިސާ ދޫކުރީ ކުރު މުއްދަތަކަށް ކަމަށެވެ. އެކަމަކު، އަންނަ މަހު އެކަކުން ފެށިގެން ދިވެހީންނަށް އެއް އަހަރަށް ވިސާ ދޫކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހީން އެކި ބޭނުންތަކަކަށް ދަތުރުކުރާ ގައުމު ކަމަށްވާއިރު، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްރީލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ވިސާ ފީތައް ބޮޑު ކުރިއެވެ. https://sun.mv/192398 އެގޮތުން، މިހާރު ވިސާގެ ކަންކަން ދިވެހީންނަށް ހަމަޖެހިފައި އޮންނަ ގޮތުން، އެ ގައުމަށް ދިއުމާއެކު 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދިވެހީންނަށް ލިބެއެވެ. އެއަށްވުރެ ދިގުމުއްދަތަކަށް އެ ގައުމުގައި މަޑުކުރަން ޖެހޭނަަމަ އޮންލައިންކޮށް ވިސާ އިތުރުކޮށްދިނުމަށް އެދެވޭނެއެވެ. ފާހަގަކުރެވޭ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ރަސްމީ ދަތުރުފުޅެއްގައި އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ