މިއުސަމް އައްބާސް
ލޭއޮހޮރިގެންދިޔަ ނަމަވެސް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ފުރުސަތު ނުދެވޭނެކަމަށް ކުޅުދުއްފުށި އުތުރުދާއިރާގެ މެންބަރ އަބުދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
ރައީސް މުހައްމަދު ނަޝީދު ބޮޑުތިލަދުން މައްޗަށް ކުރައްވާ ދަތުރުފުޅުގައި ކުޅުދުއްފުށީ މިރޭ ބާއްވަމުންގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އޭނާ މިހާތަން މަސައްކަތްކުރައްވާފައިވަނީ ވަރަށް އަބުރުވެރިކަމާއެކު ކަމަށާއި ނަމަވެސް މިހާރު ކަންތައްތައް ހިނގާގޮތުން މަޖިލިސް ހުޅުވަން ބާއްވާ ޖަލްސާގައި އޭނާގެ އަމަލުތައް ތަފާތު ވެދާނެކަމަށެވެ.
"ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް މައާފަށް އެދެން. މަޖިލިސް ހުޅުވާ ދުވަހު އަޅުގަނޑުގެ ފަރާތުން މިހާތަނަށް ނުފެންނަ މަންޒަރެއް ފެނިދާނެ،" ވަރަށް ފޯރިއާއެކު ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވި އެވެ.
ބަޣާންކޮށްގެން ވެރިކަމާ ހަވާލުވެވަޑައިގެންފައިވާ ޑރ. ވަހީދަކީ ބާޣީއެއްކަމަށާއި ބާޣީއަކަށް މަޖިލިސް ހުޅުވުމުގެ ފުރުސަތު ނުދެވޭނެކަމަށް ޣަފޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ވެރިކަން ވެއްޓިގެންދިޔަ ގޮތް އެންމެންނަށް މިހާރު އެނގޭކަމަށާއި އެ ފަދަ ގޮތަކަށް ވެރިކަން ބަދަލުކޮށްގެން ތިބި ބަޔަކީ ޑިމޮކްރަސީ ހަލާކުރަން ތިބި ބައެއްކަމުގަ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައިު ކުޅުދުއްފުއްޓަށް ކުރުމަށް ނިންމާފައިވާ އެއްވެސް ކަމެއް ހުއްޓާނުލެވޭނެކަމަށާއި ބާޣީ ސަރުކާރުން ވެސް ޖެހޭނީ އެކަންކަން ކުރަން ކަމަށް ޣަފޫރު ވިދާޅުވި އެވެ.
ލޭއޮހޮރިގެންދިޔަ ނަމަވެސް ޑރ. ވަހީދަށް މަޖިލިސް ހުޅުވުމުގެ ފުރުސަތެއް ނުދެވޭނެ: ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ