ނ. ބަނޑައިދިއްދޫ ކުލީގެ ގޮތުގައި ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދެމަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް އެރަށުގެ ވެރިފަރާތުގެ މައްޗަށް ސިވިލް ކޯޓުން އާދިއްތަ ދުވަހު ހުކުމް ކޮށްފި އެވެ.
އެރަށަކީ މަސްވެރިކަމާ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީން ހއ. ދިއްދޫ، ޕިންކް ރޯސް، މޫސާ ނަސީރަށް ކުއްޔަށް ދީފައިވާ ރަށެކެވެ.
ރަށުގެ ކުލީގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ 9.1 މިލިއަން ރުފިޔާ ހޯދުމަށް މޫސާ ނަސީރާ ދެކޮޅަށް މީރާއިން ސިވިލް ކޯޓަށް ހުށައަޅާފައިވަނީ 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ސިވިލް ކޯޓުން އަހުމަދު ނަސީރުގެ މައްޗަށް މިދިޔަ އާދީއްތަ ދުވަހު ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ އެރަށުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތައް ދައްކަންޖެހޭ 9،061،442.50ރ. ދެމަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ހުކުމް ކުރާ ކަމަށެވެ.
މީރާއިން ވަނީ ކުއްޔާ ޖޫރިމަނާގެ ގޮތުގައި ރިސޯޓުތަކުން ދައުލަތައް ދައްކަންޖެހޭ ފައިސާ ނުލިބިގެން ބައެއް ރިސޯޓުތަކާ ދެކޮޅަށްވެސް ސިވިލް ކޯޓުގައި ދައުވާ ކޮށްފައެވެ. ނަމަވެސް މީރާއިން ފަހުން ބުނީ ރިސޯޓުތަކާ ދެކޮޅަށް ދައުވާކޮށްފައިވާ ހުރިހާ ދައުވާއެއް އަނބުރާ ގެންދަން ނިންމާފައިވާ ކަމަށާއި، އެގޮތައް ނިންމީ ޓޫރިޒަމް މިނިސްޓްރީން ބައެއް ރިސޯޓް ތަކާއެކު ހަދާފައިވާ އެއްބަސްވުންތަކަށް ބަދަލުގެނައުމާއި ގުޅިގެން ކަމަށެވެ.
ދައުލަތައް ދައްކަންޖެހޭ ފައިސާގެ ތެރެއިން ކުލީގެ ގޮތުގައި ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ގެންދަނީ ގިނަ ފަރާތްތަކަކާ ދެކޮޅަށް ދައުވާ ކުރަމުންނެވެ.
ބަނޑައިދިއްދޫގެ ކުއްޔަށް 9.1 މިލިއަން ރުފިޔާ ދައްކަން ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ