ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ އިތުބާރުނެތް ކަމަށް ނަގާ ވޯޓް ސިއްރު ކުރަން މަޖިލީހުގެ ގަވާއިދު އިސާލު ކުރި ކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް ކަމެއް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
ޕީޕީއެމް ކައުންސިލް މެންބަރު އަހްމަދު ސިއްދީގާއި ޖުމްހޫރީ ޕާޓީގެ މެންބަރަކު ހުށަހެޅި މި މައްސަލަ ނިންމީ ސުޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. މުއުތަސިމްގެ ރައުޔުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސް ވަޒީރުންގެ މައްޗަށާއި ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ނަގާ ވޯޓް ސިއްރު ކުރުމަކީ އެ މަޖިލީހަށް އިހުތިޔާރު ލިބިގެންވާ ކަމެއް ކަމަށެވެ.
ހުކުމުގައި ބުނަނީ މަޖިލީހުގެ ޖަލްސާތައް ވަކި ހާއްސަ ހާލަތެއްގައި ނޫނީ ސިއްރު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވަނިކޮށް ގަނޫނު އަސާސީއާ ޚިލާފަށް މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ނުގެނެވޭނެ ކަމަށެވެ. އަދި މަޖިލީހުގައި ނަގާ އެފަދަ ވޯޓުތައް ސިއްރު ކުރުމަކީ ހުޅުވާލައިގެން ކުރެވޭ ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށާއި އެކަމަކީ ދުސްތޫރީ ގޮތުން ސައްހަ ކަމެއް ނޫން ކަމަށެވެ.
ވޯޓު ސިއްރު ކުރުމަށް ފެނޭތޯ ނެގި ވޯޓުގައި މެންބަރުކަމުން ވަކި ވާނެ ކަމަށް ބުނެފައިވާ ހާލަތެއްގައި ތިބި ދެ މެންބަރަކާއި އަދި އިސްލާމީ ޝަރީއަތާއި ހިލާފު އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މެންބަރުން ތަކެއް ތިބުމުން އެ ވޯޓު ސައްހަ ނުވާނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނާ ބުނުމުގެ މައްޗަށް ބަލައި ސުޕްރީމް ކޯޓުން ބުނީ އެ ދެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިނުވާތީ އެނުކުތާ ބަލައި ނުގަންނަ ކަމަށެވެ. އެ ދެމެންބަރުންނަކީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
ރައީސާއި ވަޒީރުންގެ މައްޗަށް ސިއްރު ވޯޓެއް ނުނެގޭނެ: ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ