ކުރީގެރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވުމަކީ ގައުމަށް މިވަގުތު ލިބޭނެ އެންމެބޮޑު ހަމަޖެހުންކަމުގައި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައި ކުރީގެ ހޯމްނިނިސްޓަރ އުމަރު ނަސިރު ވިދާޅުވެއްޖެއެވެ.
އުމަރު މިއަދު ވިދާޅުވީ ކުރީގެރައީސް ރައީސް މުހައްމަދު ނަޝީދު ރިޔާސީ އިންތިޚަބުގައި ކުރިމަތި ނުލައްވަން ނިންމަވަ އެގޮތަށް އަމަލުކުރައްވައިފިނަމަ އެކަން ވެގެންދާނީ މި ގައުމަށް ލިބޭނެ ހަމަޖެހުމަކަށް ކަމަށެވެ.“ އަޅުގަނޑުވެސް އެންމެ އިސްކަންދޭނީ ޖަލުގައި ހައްޔަރުވެފައިވަ އަޅުގަނޑުމެންގެ އަޚުން އަވަހަށް މިނިވަންވާނެ ގޮތެއް ހޯދުމަށް.“ އުމަރު ނަސީރު ވިދާޅުވިއެވެ.
ގިނަބައެއްގެ ތާއީދު ހޯއްދަވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު އިދިކޮޅު މަޖިލިސް މެންބަރުންނަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމަށްޓަކައެވެ.
ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވަން ރައީސް ނަޝީދު ނިންމަވާފައިވާއިރު ގުޅިފައިވާ ޕަޓީތަކުން ގެންދަނީ ހުުރިހާޕާޓީތަކުންވެސް ތާއިދު ކުރާ އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރަމުންނެވެ. މައުލޫމަތު ލިބިފައިވާ ގޮތުގައި އެމަސައްކަތް ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި ނިންމާ އިއުލަންކުރާނެއެވެ.
އިންތިޚާބުގައި ވާދަނުކުރަން ނަޝީދު ނިންމެވުމަކީ މިވަގުތު ގައުމަށް ލިބޭނެ އެންމެބޮޑު ހަމަޖެހުން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ