ގދ. މާވަރުލުގައި ސަރުކާރުން ތައްރައްގީ ކުރަމުންދާ އެއާޕޯޓުގެ މައްސަކަތުގެ ސްޕީޑް ގާތުން ބެލުމަށް ގެމަނަފުށީ ދާއިރާގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، ކަމުވޮށިގެންވާ ބޭފުޅުން މާވަރުލަށް ޒިޔާރަތް ކޮށްފިއެވެ. މި ޒިޔާތުގައި ގެމަނަފުށީ ދާއީރާގެ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް މެންބަރު ޖަމީލް އުސްމާން އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގެމަނަފުށި ދާއިރާއަށް ނިސްބަތްވާ 200 އެއްހާ ޒުވާނުންނާއި ކަމުވޮށިގެންވާ ބޭފުޅުން އިއްޔެ މާވަރުލަށް ޒިޔާރަތްކޮށް އެ ރަށުގައި ސަރުކާރުން ތަރައްޤީ ކުރަމުންދާ އެއަޕޯޓްގެ މަސައްކަތް ވަރަށް ގާތުން ބައްލަވާލައްވާފައިވާއިރު، އެއާޕޯޓްގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ހުއްޓުމެއްނެތި 24 ގަޑިއިރު މަސައްކަތް ކުރާމަންޒަރު ދަތުރުގެ ބައިވެރިން ވަނީ ބައްލަވާލައްވާފައެވެ.
"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޖަމީލް އުސްމާން ވިދާޅުވީ، ގެނަމަނަފުށީ ދާއިރާގެ ޒުވާނުންނާއެކު މާވަރުލަށް ކުރި ދަތުރު ވަރަށް ކާމިޔާބު ކަމަށާއި، ދާއިރާގެ ރައްޔިތުންގެ އުއްމީދުތަކާ ގުޅިފައިވާ އެއާޕޯޓުގެ މަސައްކަތް ތާވަލާ އެއްގޮތަށް ބާރު ދުވެލީގައި ކުރެވެމުންދާ ކަމަށާއި، ރައްޔިތުން ތިބީ ތަރައްޤީއާ އެކުގައި ކަމަށެވެ.
ގދ މާވަރުލު އެއަރޕޯޓްގެ ރަންވޭ އާއި އޭޕްރަން އަދި ޓެކްސީވޭ އެޅުމުގެ މަސައްކަތް 57 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ މާރިޗު މަސް ތެރޭގައެވެ. މާވަރުލު އެއަރޕޯޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 160 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ގެމަނަފުށީ ދާއިރާގެ ރައްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ޖަމީލް އުސްމާން ވަނީ ގއ.ކަނޑުހުޅުދުއާއި ދެއްވަދޫއަށް ވަޑައިގެން ދޮރުން ދޮރަށް ހިންގަވައި ރައީސް ޔާމީންއަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ. އަދި މިވަގުތު ގެމަނަފުށީގައި ހަރަކާތްތެރިވަމުންދާއިރު ދާއިރާގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައި ޝޫއޫރުތައް އައްސަވައި ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހީއްދެވުމަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
ޖަމީލް އުސްމާން ވިދާޅުވީ، ދާއިރާގެ ރައްޔިތުން ތިއްބެވީ ރައީސް ޔާމީން އާ އެކުގައި ކަމަށާއި، މީގެ ކުރިން އިދިކޮޅު ފިކުރުތަކަށް ތާއީދު ކުރެއްވި ބައެއް ފަރާތްތަކުންވެސް މި ދަތުރުގެ ތެރޭގައި ޕީޕީއެމްގެ ޓީމާ ގުޅިފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް ފަރާތްތަށް ޕީޕީއެމް އަށް ސޮއި ކުރައްވާފައިވާ ކަމަށްވެސް ޖަމީލް އުސްމާން ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ ރައީސް ޔާމީން އަދި ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއަށް ތާއީދު ހޯއްދެވުމަށް ޕީޕީއެމްގެ ކެމްޕޭން ޓީމުތައް ވަނީ އުތުރާއި ދެކުނުގެ ރަށްތަކަށް ދަތުރުތައް ފަށްޓަވާފައެވެ. އެގޮތުން ބޮޑެތި ޓީމުތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކިގައި ހަރަކާތްތެރިވަމުންދާއިރު، ކެބިނެޓުގެ ވަޒީރުންނާއި މެންބަރުން ގެންދަވަނީ މާލޭގައި ކެމްޕޭން ކުރައްވަމުންނެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވާ އީދީއްތަ ދުވަހުއެވެ.
މާވަރުލު އެއާޕޯޓްގެ މަސައްކަތް ބަލާލުމަށް ގެމަނަފުށީ ދާއިރާގެ ޒުވާނުން މާވަރުލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ