ވަކި ބޭފުޅަކު ޖެމްހޫރީ ޕާޓީއާ ގުޅުމުގެ ސަބަބުން އެ ޕާޓީއާ އިދިކޮޅު އިއްތިހާދާ ދެމެދު އޮތް ގުޅުމަކަށް ބުރޫ އަރައިގެން ނުވާނެ ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖޭޕީއާ ގުޅިވަޑައިގަތުމުގެ ސަބަބުން އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕުން އެ މަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، އިއްތިހާދުގެ ރޫޅިގެން ދާނެ ކަމަށް ވާހަކަދެކެވެމުންދާ ދަނޑިވަޅެއްގަ އެވެ. އެކަމަށް އިޝާރާތް ކުރައްވާ މިހާރު ޖަރުމަނުގައި ހުންނެވި ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަކި ފަރުދަކު ޖޭޕީއާ ގުޅުމަކުން އަދި މެންބަރެއްގެ ވަކި ކަމެއްގައި ތަފާތު ވިސްނުމެއް ގެންގުޅޭ ގޮތަކުން، ރާއްޖެ އިސްލާހީ މަގަށް ގެނައުމަށް ޖޭޕީން ބައިވެރިވެފައިވާ އިއްތިހާދުގެ ގުޅުމަށް ބުރާ އަރައިގެން ނުވާނެ ކަމަށެވެ. އަދި ޖޭޕީއިން އެކަން ވިޔަކަ ވެސް ނުދޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް މިއަދު ކުރެއްވި ޓްވީޓް --
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވެސް ވިދާޅުވެފައި ވަނީ އުމަރާ ހެދި ޖޭޕީ އާއި އެމްޑީޕީއާ ދެމެދު ބަދަހިވެފައިވާ ގާތް ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށެވެ. އަދި އިދިކޮޅު އިއްތިހާދަށް ވެސް އެކަމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އުމަރު އެ ޕާޓީއަށް ސޮއި ކުރެއްވި ދުވަހު ވަނީ، އެހެން ޕާޓީތަށް ވެރިކަމަށް ގެންނަން މަސައްކަތް ކުރުމުގެ ބަދަލުގައި ޖޭޕީން "ކިންގް"އަށް ވާން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އުމަރު ޖޭޕީއާ ގުޅިވަޑައިގަތީ އިދިކޮޅުން ނެރޭ ކެނޑިޑޭޓަކަށް ގާސިމް ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށާއި ނަމަވެސް ގާސިމްއަށް ކުރިމަަތި ނުލެވިއްޖެ ނަމަ ޖޭޕީގެ ޓިކެޓު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އުމަރާ ހެދި އިއްތިހާދަށް ބުރޫ އެރިޔަ ނުދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ