ރާއްޖޭގެ މޫސުން ގޯސް، ބޮޑު ބަޔަކަށް ވައިޓް އެލާރޓް ނެރެފި

ރާއްޖޭ މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާރޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް މީޓިއޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން ބުނީ ރާއްޖޭ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވައި ގަދަވެ، ކަނޑު ގަދަ ވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ. 
މެޓް އޮފީހުން ބުނީ މޫސުމް އެންމެ ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވެނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ކަމަށެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ މެންދުރު ފަހު 15:30 އިން ފެށިގެން 21:30 އަށް މެޓް އޮފީހުން ވަނީ ވައިޓް އެލާރޓް ނެރެފައެވެ.
ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވައިޓް އެލާރޓް ނެރެފައިވާއިރު، އާއްމުގޮތެއް އެސަރަހައްދުގެ ވައި އުޅެނީ ގަޑިއަކު 23 މޭލާއި 269 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ނަމަވެސް ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
 
ALERT WHITE
INFORMATION:
Heavy rain,average strong winds of 23 - 29 mph with gust winds of 45 mph and rough seas expected.
Area: Between Haa Alifu and Gaafu Dhaalu atoll.
Period: 07/1530 hrs - 07/2130 hrs.
ISSUED: 1430hrs 07 July 2018.
-MetService-
 
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ