ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ސަމާލުވުމަށް އެބޭންކުން އިލްތިމާސް ކޮށްފިއެވެ.
ބީއެމްއެލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެބޭންކުގެ ނަމުގައި ބޭންކުގެ ކަސްޓަމަރުންނަށް އެސްއެމްއެސް އަދި ވައިބާރ މެދުވެރިކޮށް މެސެޖް ލިބެމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ބީއެމްއެލުން ބުނީ މެސެޖް ފޮނުވާ ފަރާތުގެ ނަމަކީ ބީއެމްއެލް ނުވަތަ ބީއެމްއެލްއާ ގުޅުން ހުރި ނަންބަރެއް ކަމަށް އެމެސެޖް ލިބޭ ފަރާތަށް ފެންނަ ގޮތަށް މެސެޖް ކުރެވޭ ތަފާތު އެޕްލިކޭޝަންތައް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ބޭނުން ކުރަމުންދާ ކަމަށެވެ.
ނަމަވެސް ބީއެމްއެލްގެ އީމެއިން، އެސްއެމްއެސް ނުވަތަ ފޯން ކޯލް މެދުވެރިކޮށް ކާޑު ނަންބަރު ސީވީސީ ކޯޑް، ކާޑްގެ މުއްދަތު ހަމަވާ ތާރީހު އަދި އޯޓީޕީ މައުލޫމާތު އޮޅުން ފިލުވުމަށް އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ ކަމަށެވެ. އަދި މައުލޫމާތު ހޯދާނީ ބޭންކުން ކަމަށް ހީވިކަމުގައި ވިޔަސް ކާޑުގެ އެއްވެސް މައުލޫމާތެއް ނުދިނުމަށް ބީއެމްލުން ބުންޏެވެ. 
ބީއެމްލުން ބުނީ އެއްވެސް ކަސްޓަމަރެއްގެ ކާޑުގެ މައުލޫމާތު ނުހޯދާނެއެވެ. އެހެންކަމުން މިފަދަ ކޯލްތަކާއި، މެސެޖްތަކަށް ޖަވާބު ނުދިނުމަށް ބީއެމްއެލުން ވަނީ އިލްތިމާސް ކޮށްފައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ