މަޝްހޫރު ގިޓަރިސްޓް ޝަހީދު ލެގަސީ ލަންކާ ޓުއާ އަށް!

ދުނިޔޭގެ ފަސް ގައުމެއްގެ ހުނަރުވެރި ގިޓަރިސްޓުން ބައިވެރިވާ ލަންކާ ޓުއާ އެއް މިމަހު 18 އިން 28ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ. ރާއްޖެ ތަމްސީލުކުރާނީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ގިޓަރިސްޓް ޝަހީދު ލެގަސީ އެވެ. މިއީ "ގިޓާ އެންޑް ފޯކް މިއުޒިކް ފެސްޓިވަލް"ގައި ޝަހީދު ބައިވެރިވުމަށް ލިބުނު ދެ ވަނަ ފަހަރު ވެސްމެ އެވެ. ލަންކާ ޓުއާ އާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ސަން އަށް ޝަހީދު ބުނީ މި މަހު ކުރިއަށްދާ ހާއްސަ ޓުއާގައި ލަންކާގެ 10 ތަނެއްގައި ހުށައެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ލަންކާގެ ޔުނިވާސިޓީ، ވޯކާސް ސެންޓަރުގެ އިތުރުން ބައެއް ސިޓީތައް ހިމެނެ އެވެ. އިންޑިއާ، ރަޝިއާ، ޖަޕާން، ފަލަސްތީން އަދި އީރާންގެ ގިޓަރިސްޓުން ބައިވެރިވާ އެ ޓުއާ އަށް "ވަރަށް އެކްސައިޓެޑް ކަމަށް" ޝަހީދު ބުންޏެވެ. ގިނަ އަދި ތަފާތު ސްޓައިލްގެ ގިޓާ އަދި މިއުޒިކް އެ ޓުއާގައި ކުޅޭނެއެވެ. ޝަހީދު ލެގަސީގެ އެންމެ ފުރަތަމަ ބޭންޑަކީ 2004 ވަނަ އަހަރު އުފެއްދި "ސިން" އެވެ. އޭނާ ވަނީ އޭނާގެ ފުރަތަމަ ސޯލީ ގިޓަރިސްޓް އަލްބަމެއް 2006 ވަނަަ އަހަރު ރިލީޒްކޮށްފަ އެވެ. ލަންކާގެ ޓުއާގައި ރާއްޖެ ތަމްސީލް ކުރަަނީ ޝަހީދު ލެގަސީ--- ޝަހީދު އަކީ ރާއްޖޭގެ މަޝްހޫރު ދެ ބޭންޑެއް ކަމަށްވާ މެޓަލް ބޭންޑާއި ސެކްރެޑް ލެގަސީގެ ފައުންޑާ ވެސްމެ އެވެ. އޭނާ އަކީ މިވަގުތު ގްރެވިޓީ ބޭންޑުގެ ގިޓަރިސްޓެވެ. "ވަރަށް އުފާވެފައި މިހުރީ މިކަހަލަ ޕްލެޓް ފޯމަކުން އަނެއްކާ ވެސް ޖާގަ ލިބުނީމަ. ބޭރުގެ ގިޓަރިސްޓުންތަކު ތެރޭ އަސްލު ހުނަރު އަސްލު މިއުޒިކް ދައްކާލުމުގެ ފުރުސަތު ލިބުނީމަ،" ޝަހީދު ލެގަސީ ބުންޏެވެ. ޝަހީދު ބުނީ މި ޕްލެޓްފޯމްގެ ސަބަބުން ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީ އިތުރު ހަރުފަތަކަށްދާނެ ކަމަށާއި އެހެން ގައުމުތަކުން ވެސް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. "އަންނަ އަހަރު ބޭނުން ރާއްޖޭގެ އެހެން މޮޅެތި ގިޓަރިސްޓުން ޓުއާގައި ބައިވެރިވާން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ