މައުމޫން ދޫނިދޫއިން އެހެން ތަނަކަށް ބަދަލު ކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޫނިދޫއިން އެހެން "ތަނަކަށް" ބަދަލު ކުރަން އުޅޭކަން ވަކީލުންނަށް އަންގާފައިވާ ކަމަށް މައުމޫންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
މައުމޫންގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ، މައުމޫން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދޫނިދޫއިން އެހެން ތަނަކަށް މައުމޫން ބަދަލު ކުރަން އުޅޭ ކަން ފުލުހުން މައުމޫންއަށް އަންގާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުންނާ ސުވާލު ކުރުމުން އެމަނިކުފާނު ގެންދަނީ ދޫނިދޫއިން ބޭރުގައި ހުރި ތަނަކަށް ކަމަށާއި އެއީ ކޮންތަނެއްގައި އަދި ބުނެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ. އަދި މައުމޫން ދޫނިދޫއިން އެހެން ތަނަކަށް ގެންދަން ނިންމާފައި އޮތް ނަމަވެސް، މިވަގުތަށް މައުމޫން ބަދަލު ކުރުމުގެ ކަންކަން މަޑުޖެހިފައިވާކަން ފުލުހުން ބުނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ