ވެރިންނަށް ކިޔަމަން ވުމަކީ އިސްލާމްދީނުގައި އަމުރުކުރައްވާފައިވާ ކަމެއް ކަމަށާއި އެގޮތަށް ކަންތައް ނުކުރާ ނަމަ ހަލާކާ ކުރިމަތިވާނެ ކަމަށް މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އެެމެރިކާގެ އިލްމުވެރިޔާ ޔޫސުފް އެސްޓެސް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކްގައި މިރޭ ދެއްވި ދަރުހުގައި އެސްޓެސް ވިދާޅުވީ ވެރިންނާ ދެކޮޅަށް ތެދުވުމުން ވާގޮތް ފާއިތުވި 30 އަށް އަހަރު ދުނިޔެއިންް ފެނިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވެރިންނާ ދެކޮޅަށް ތެދުވުމުން ދެރަ ގޮތްތައް ކުރިމަތިވަނީ އެއީ ނުކުރުމަށް އަމުރުކުރައްވާފައިވާ ކަމަކަށް ވާތީ ކަމަށެވެ.
" ﷲ ތިޔަބައިމީހުންގެ މައްޗަށް މީހަކު ވެރިކުރައްވައިގި ނަމަ އޭނާ ކުރާ ކަމަކާ ދެކޮޅު ނުހަދާ. އެހެނީ އެގޮތަށް ކަންތައް ކޮށްފި ނަމަ ﷲ ތިޔަބައިމީހުންގެ ހާލަތު އިތުރަށް ގޯސްކުރައްވާނެ. ތިޔަބޭފުޅުންނަށް އަމިއްލަ ލޯފުޅުތަކުން ފެނިވަޑައިގެންފައި ވޭތޯ މިކަން މިހެން ހިނގަނިކޮށް. ތިޔަބޭފުޅުންނަށް އިވިވަޑައިގެންފައި ވޭތޯ މިކަން މިހާރުވެސް ހިނގާވާހަކަ. އަދި ފާއިތުވި 30 އަހަރުވެސް މި ޕްލެނެޓްގައި އެކަންދަނީ ހިނގަމުން ފަހަރަކަށް ފަހު ފަހަރަކު،" އޭނާ ވިދާޅުވިއެވެ.
މުސްލިމް ލީޑަރުންނާ ދެކޮޅަށް ބަޣާވާތް ކުރާ ނަމަ އެބަޔަކަށް ﷲ ކޮންމެވެސް ކަމެއް (މުސީބާތެއް) ޖައްސަވާނެ ކަމަށެވެ.
މިރޭގެ ދަރުހުގައި އެސްޓެސް ފުރަތަމަ ވާހަކަފުޅު ދެއްކެވީ އީމާންކަމުގެ ސިފަތަކާ ބެހޭ ގޮތުންނެވެ. ވެރިންނަށް ނުކިޔަމަންތެރިވުމުގެ މައްޗަށް ބާރު އަަޅުއްވާއި ވާހަކަފުޅު ދެއްކެވީ ފަހުބައިގައެވެ. އަދި އެއަށް ފަހު ދަރުސް ނިންމަވައިލައްވަމުން ވިދާޅުވީ އެގޮތަށް ވާހަކަ ދެއްކެވުމުން މީހުން އެވާހަކައާ ދެކޮޅު ހެދިޔަސް ފަރުވާލެއް ނެތް ކަަމަށެވެ. އަދި ވިދާޅުވީ ދެކޮޅު ހަދަންވީ ޝައިތާނާއާ ކަމަށެވެ.
" ޝައިތާނާއާ ދެކޮޅު ހައްދަވަމާ ހިންގަވާ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯ ޝައިތާނާއާ ދެކޮޅު ހަދަން ކުރައްވަންވީ ކޮން ކަމެއްކަން؟ މެންދަމުގެ ވަގުތުގައި ތެދުވެވަޑައިގެން ދުއާ ކުރައްވާ. އެއީ އޭނާގެ މައިބަދަ ބިނދޭނެ ކަމެއް،" އެސްޓެސް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ޔޫސުފް އެސްޓެސް ރާއްޖެއަށް ވަޑައިގެންނެވީ މިދިޔަ ބުދަދުވަހުއެވެ. އޭނާ ވަނީ ރާއްޖޭގެ ބައެއް އިލްމުވެރިންނާ ބައްދަލުކުރައްވައި، ވޯކްޝޮޕެއް ވެސް ހިންގަވާފައެވެ.
ވެރިންނަށް ކިޔަމަން ނުވާ ނަމަ ހަލާކާ ކުރިމަތިވާނެ: ޔޫސުފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ