ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި 20 މިނިސްޓްރީ އުފައްދާނެ ކަން އިއުލާންކުރުމަށްފަހު ޖޭޕީގެ ހިޔަނި ކެބިނެޓް ހިމެނޭނެކަމަށް އިއުލާނުކުރި ނަންތަކަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ނަންތަކެއްކަމަށާ އެއީ އެ ބޭފުޅުންނާއި މަޝްވަރާކުރައްވާފައި އިއުލާނުކުރެއްވި ނަންތަކަކަށް ނުވާތީ އިއުތިރާޒުކުރައްވާ ބޭފުޅުންވެސް ތިއްބެވުމަކީ އެކަށީގެންވާކަމެއްކަަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރެއްވި ފޭސްބުކް ލައިވްގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ބޭނުންވަނީ ހުރިހާ ފަރާތްތަކާއި ގުޅިގެން މަސައްކަތްކޮށް، ރައްޔިތުން ބޭނުންވާފަދަ ވެރިިކަމެއް ރާއްޖޭގައި ގާއިމުކުރުމަށްކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ އަބަދުވެސް އަމާޒަކީ ގައުމަށް ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ގެނައުންކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ތިމާ ދެކޭގޮތް އެއީ އެންމެނަށް އެންމެ ރަނގަޅުގޮތްކަމުގައި ނުވެދާނެކަމަށާ އަދި އެމީހަކަށް ފެންނަ ގޮތް އެއީ އެންމެ މޮޅު ގޮތްކަމުގައިވެސް ނުވެދާނެކަމަށެވެ. ޖުމްހޫރީ ޕާޓީގެ އެންމެ ބޮޑު ބޭނުމަކީ ސުލްހަވެރިކަމާއިއެކު މަޝްވަރާކުރެވި، ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރެ، އިންތިޚާބު އެއްބުރުން ކާމިޔާބުކުރުންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ކެނބިނެޓަށް ހުށައެޅި ނަންތަކާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ އެއީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ކެނބިނެޓްގައި ހިމެނުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ނަންތަކެއްކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ވިސްނުންފުޅުކަމަށާ އެއީ އެ ބޭފުޅުންނާއި މަޝްވަރާކުރައްވާފައި އިއުލާނުކުރެއްވި ނަންތަކަކަށް ނުވާތީ އިއުތިރާޒުކުރައްވާ ބޭފުޅުންވެސް ތިއްބެވުމަކީ އެކަށީގެންވާކަމެއްކަަމަށެވެ.
"މިއީ އަޅުގަނޑުގެ ވިސްނުން. އެހެންވީމަ މި ނަންތަކާއިމެދު އިއުތިރާޒުކުރައްވާ ބޭފުޅުންވެސް ތިއްބަވާފާނެ." ފޭސްބުކް ލައިވްގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ހިޔަނި ކެބިނެޓް:-
ރައީސުލްޖުމްހޫރިއްޔާ: ގާސިމް އިބްރާހީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބް: ޑރ. މުހައްމަދު ޖަމީލް އަހްމަދު
ބަންޑާރަނައިބް: އަލްއުސްތާޒު ނޫރުއްސަލާމް އަބޫބަކުރު
ޑިފެންސް މިނިސްޓަރު: އަލީ ވަހީދު
ހޯމް މިނިސްޓަރު: އަބްދުﷲ ރިޔާޒު
ފައިނޭންސް މިނިސްޓަރު: ޑރ. މަހްމޫދު ޝައުގީ
ފޮރިން މިނިސްޓަރު: ދުންޔާ މައުމޫން
އާޓްސް އެންޑް ކަލްޗަ މިނިސްޓަރު: ޔުމްނާ މައުމޫން
ހައުސިން މިނިސްޓަރު: ޝައިހް އިމްރާން އަބްދުﷲ
ޓޫރިޒަމް މިނިސްޓަރު: ކާނަލް މުހައްމަދު ނާޒިމް
އިކޮނޮމިކް މިނިސްޓަރު: މުހައްމަދު ރަޝީދު
އިސްލާމިކް މިނިސްޓަރު: އަލީ ޒާހިރު
ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު: މުހައްމަދު މަލީހް ޖަމާލް
ފިޝަރީޒް މިނިސްޓަރު: ޑރ. ހުސައިން ރަޝީދު
ހެލްތް މިނިސްޓަރު: ޑރ. ޝާހް މާހިރު
ހަޔަ އެޑިޔުކޭޝަން މިނިސްޓަރު: ޑރ. އަހްމަދު ރިޔާޒު
ލޭބަރ މިނިސްޓަރު: އަބްދުﷲ ކަމާލުއްދީން
ޓްރާންސްޕޯޓް މިނިސްޓަރު: އަމީން އިބްރާހީމް
ޖެންޑަ މިނިސްޓަރު: ޝިދާތާ ޝަރީފް
ނެޝަނަލް ޕްލޭނިން އެންޑް ކޮމިއުނިކޭޝަން މިނިސްޓަރު: ޑރ. އަބްދުﷲ މައުސޫމް
އެޑިޔުކޭޝަން މިނިސްޓަރު: ޑރ. އަހްމަދު އާސިމް
އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު: މުހައްމަދު ފަޔާޒު
ގާސިމް އިބްރާހިމް މިއަދު ކުރެއްވި ފޭސްބުކް ލައިވް، ލައިވް ނިމުމަށްފަހު ޑިލީޓްކުރެއްވުމަށްފަހު، މިހާރު ވަނީ އަލުން އަޕްލޯޑްކޮށްފައެވެ. ޖުމްްހޫރީ ޕާޓީން ބުނީ ލައިވްގައި ގާސިމްގެ އަޑު ވަރަށް ނުސާފުކަމަށާ މިހާރު އަޕްލޯޑްކޮށްފައިވާ ފައިލްގައި އަޑު ރަނގަޅުކޮށްފައިވާކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން އަދި މަޖިލީހުގެ ނައިބް ރައީސް ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހަމަޖައްސާނެ ކަމުގައިވެސް ގާސިމް ދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖޭޕީ ސަރުކާރުގެ ހިޔަނި ކެބިނެޓް އިއުލާންކުރެއްވީ ގުޅިފައިވާ ޕާޓީ ތަކުން ނެރޭ އެއް ކެންޑިޑޭޓް އަދިވެސް ކަނޑައެޅިފައި ނުވާތީ ކަމަށާއި ގުޅިފައިވާ ޕާޓީތަކުން އެންމެންނަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓަކު ނެރެވޭނަމަ ޖުމްހޫރީ ޕާޓީން އެ ކެންޑިޑޭޓަކާ އެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން ގާސިމް އިބްރާހީމް މިއަދުވެސް ވަނީ ދެއްވާފަ އެވެ.
ގާސިމްގެ ވިސްނުންފުޅާއިއެކު ސިޔާސީ މަަސްރަހުގައި ވަނީ ބޮޑު ބަހުސެއް ފެށިފައެވެ.
ހުށައެޅީ އަޅުގަނޑަށް ފެންނަ ނަންތަކެއް، ބޭފުޅުން އިއުތިރާޒުކުރެއްވުމަކީ މައްސަލައެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ