ޙިރާ ސްކޫލްގެ ޢީދު ޕެރޭޑް މިއަދު ހަވީރު 4:00 ގައި
ހިރާ ސްކޫލްގެ ފަރާތުން 1432 ވަނަ އހަރުގެ އަޟުޙާ ޢީދު ފެސްޓިވަލަށް ތައްޔާރު ވަނީއައްޑޫ ސިޓީގައި ޙިރާ ފައުންޑޭޝަނުން ހިންގާ ޙިރާ ސްކޫލްގެ ފަރާތުން އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، ޢީދު ޕެރޭޑެއް މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޙިރާ ސްކޫލްގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.ޙިރާ ސްކޫލްގެ ހެޑް އޮފް އެޑްމިން އައްޝައިޚް މުޙައްމަދު އަނީލް، ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ޙިރާ ސްކޫލްގެ މި ޕެރޭޑުގައި ސްކޫލްގެ 260 އެއްހާ ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.ޕެރޭޑް ބޭއްވުމަށް ހަމަޖެހިފައިވަނީ، ހިތަދޫ ލިންކުރޯޑުން، އެޕޯލޯ ސިމެންތި ގުދަނާ ހިސާބުން ފެށިގެން ހިތަދޫ ކުޑަކުދިންގެ ޕާކާ ހަމައަށް ނިންމާލާ ގޮތަށެވެ.ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ، ޔޫކޭޖީ އަދި ގްރޭޑް އެކެއް ގެ ދަރިވަރުން ބައިވެރިވާ މި ޕެރޭޑުގައި ބޭނުންކުރެވިފައިވާ ތީމް ތަކަކީ، މިއަހަރުގެ މިހާތަނަށް ސްކޫލުގެ ކިޔެވުމުގައި ބޭނުންކޮށްފައިވާ ތީމް ތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.ސްކޫލްގެ މި ޢީދު ޕެރޭޑަށް ތައްޔާރު ކުރުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭކަމަށާއި، ޚާއްޞަކޮށް ސްކޫލްގެ ޓީޗަރުންނާއި އެހެނިހެން ސްޓާފުންނާއި ބެލެނިވެރިންގެ މަސައްކަތަކީ ޝުކުރު ޙައްޤު މަސައްކަތްތަކެއް ކަމަށް، އަނީލު ވިދާޅުވިއެވެ.މި ޕެރޭޑުގެ އިތުރުން މާދަމާ 28 އޮކްޓޯބަރ 2012 ވާ އާދީއްތަ ދުވަހު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޢީދު އުފާ ފާޅުކުރުން އޮންނާނެ ކަމަށް މަޢުލޫމާތު ދެއްވިއެވެ.ޙިރާ ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭ ސްކޫލެއް ޤާއިމު ކުރުމުގެ ގޮތުން 2010 ވަނަ އަހަރު ފަށާފައިވާ ސްކޫލެކެވެ. މިހާރު އެ ސްކޫލްގައި ގްރޭޑް 1 އާއި ހަމައަށް ކިޔަވައިދެވޭއިރު، އަންނަ އަހަރު ގްރޭޑް 2 ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ