އެމްޑީއެންގެ މައިގަނޑު މަގްސަދަކީ ލާދީނިއްޔަތު ފެތުރުން ކަމަށާއި، އެ ޖަމިއްޔާ ވަގުތުން ވަގުތަށް އުވާލަދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ގޮވާލައްވައިފިއެވެ.
މެމްބަރު ޝިޔާމް މިގޮތަށް ގޮވާލާފައި މިވަނީ މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އެކުލަވާލާފައިވާ ރިޕޯޓެއްގައި ދީނާ ހިލާފު ވާހަކަތަކެއް ހުރި މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ނުރުހުންވުން އެކަމަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.
”އެމްޑީއެން ގެ މައިގަނޑު މަގްސަދަކީ ދިވެހި ބިމުގައި ލާދީނިއްޔަތު ފެތުރުން. ހޯމަ މިނިސްޓަރ އިމްރާނަށް ގޮވާލަން މިހާރުން މިހާރަށް އެމްޑީއެން ޖަމިއްޔާތަކުގެ ދަފްތަރުން އުނިކޮށް އުވާލަން.” ޝިޔާމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވިއެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ ޖަމިއްޔާއަށް އަމާޒުވަމުންދާއިރު އޭގެތެރެއިން ގިނަ ބަޔަކު ދަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ. އަދި އެއީ ނިރުބަވެރި ޖަމާޢަތެއް ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
މެމްބަރު ޝިޔާމް، މިނިސްޓަރ އިމްރާނަށް އެ ޖަމިއްޔާ އުވާލުމަށް ގޮވާލާފައިވާއިރު، ކުރީގެ ހޯމް މިނިސްޓަރ ވަނީ ޓެރަރިޒަމް ގާނޫނަށް ބޮޑެތި އިސްލާހު ގެނެސް އަދަބު ކަނޑައަޅާ އުސޫލުން ލާދީނީ ފިކުރާ ދެކޮޅަށްވެސް ގާނޫނެއް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އުމަރުގެ އިތުރުން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް ވަނީ އެފަދަ ޤާނޫނަކުން، އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް އަދަބުދީ އުމުރަށް ޖަލަށްލެވޭނެ އިސްލާހެއް ގެނައުމަށް ގޮވާލާފައެވެ.
މެމްބަރު ޝިޔާމް، މިނިސްޓަރ އިމްރާނަށް: ލާދީނިއްޔަތު ފަތުރާ އެމްޑީއެން މިހާރުން މިހާރަށް އުވާލަދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ