އީސިގެ މެމްބަރު ކަމަށް ރައީސްގެ ލިސްޓްގެ ކުރީގައި އަކްރަމް

އިލެކްޝަންސް ކޮމިޝަންސް(އީސީ) ގެ މެމްބަރެއްގެ މެމްބަރުކަމުގެ މުއްދަތު ހަމަވާތީ، އެކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލި ފުރުސަތުގެ ތެރެއިން ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ނަން ތަކުގެ އެންމެ ކުރީގައި އޮތީ މިހާރުވެސް އީސީގެ ނައިބް ރައީސް ކަމުގައި ހުންނެވި އަހްމަދު އަކްރަމްގެ ނަމެވެ.
Advertisement
 އީސީގެ މެމްބަރު ކަމަށް ރައީސް ސޯލިހަށް  ފެނިވަޑައިގަންނަވާ ހަތަރު ނަމެއް މަޖިލީހަށް ފޮނުއްވާފައިވާއިރު، އެ ނަންތައް ވަނީ މަޖިލީހުގެ ޖަލްސާއަށް އިއްވާފައެވެ. އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް  ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާ ހަތަރު ނަމަކީ:1. އަހްމަދު އަކްރަމް / ފަރީދީނޫރު ހއ. ހޯރަފުށި2. އަހްމަދު ފަޔާޒް ހަސަން / މ.ހަޒާރީވިލާ3. އަލްއުސްތާދާ މަރިޔަމް ހަނީފާ ޚާލިދު / އަނބުގަސްދޮށުގެ ހއ.ކެލާ4. އަހްމަދު މަންސޫރު / ވ.ރިވެލި މި ނަންތައް އިތުރައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރޭގައި އެ ކޮމިޝަނުގެ މިހާރުގެ ނައިބް ރައީސް އަހްމަދު އަކްރަމްގެ ނަން އެންމެ ކުރީގައި އޮތްއިރު، އޭނާ އަކީ ބައިނަލް އަގްވާމީ ދުނިޔެއިން މިހާތަނަށް ރާއްޖޭގައި އެންމެ ރަނގަޅަށް ކުރިއަށް ގެންދެވުނު އިންތިޚާބު ކަމުގައި ފާހަގަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންތައް ރާވާ އިންތިޒާމް ކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވެއެވެ. ގިނަ ގޮންޖެހުންތަކާއެކު ކުރިއަށް ގެންދެވުނު ރިޔާސީ އިންތިޚާބުގެ ކަންތައް އަމާން އޮމާންކޮށް ކުރިއަށް ގެންދިއުމަށް ވެސް އަކްރަމް އިސްކޮށް ހުންނަވާ ކުރެއްވި ގިނަ މަސައްކަތްތަކައް ގިނަ ބައެއްގެ ތައުރީފް އޭނާ އަށް ވަނީ ލިބިގެންގޮސްފައެވެ.އަކްރަމްގެ މެމްބަރުކަމުގެ މުއްދަތު މި މަހު 22 ވަނަ ދުވަހު ހަމަވާއިރު، މިއީ މެމްބަރު ކަމަށް އޭނާ ކުރިމަތިލެއްވި ދެވަނަ ފަހަރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ