އަދުރޭ، އުމަރަށް: ޕީޕީއެމްގެ ލީޑަޝިޕާ ހަވާލުވާނެ ފަރާތެއް ހޯދަން އިއުލާނެއް ނުކުރަން

ޕީޕީއެމްގެ ލީޑަޝިޕާއި ހަވާލުވާނެ ފަރާތެއް ހޯދަން އިއުލާން ނުކުރާ ކަމަށް ބުނެ، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރައްދު ދެއްވައިފިއެވެ.
އަދުރޭ މިހެން ވިދާޅުވެފައިމިވަނީ ޕީޕީއެމްގެ ލީޑަޝިޕް ނަގަން ތައްޔާރަށް ހުންނެވި ކަމަށް ދާދިފަހުން "ސަންގު ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އުމަރު ވިދާޅުވެފައިވާތިއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެން ރިޔާސީ އިންތިހާބެއް ކާމިޔާބު ނުކުރެއްވޭނެ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން އަދުރޭ މިއަދު ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕާއި ހަވާލުވާނެ ފަރާތެއް ހޯދަން އިއުލާނުކޮށްގެން ނޫޅޭ ކަމަށާއި ކުރީގެ ޔާމީނަށް އިންތިހާބެއް ކާމިޔާބު ވާނެކަން ނުވަތަ ނޫންކަން ނިންމާކަށް ވަކި ފަރުދަކަށް ނޭނގޭ ކަމަށެވެ.
PPM ge Leadership aa havaalu vaane faraatheh hoadhaakah alhugan'dumen iulaanu kohgen noolhen.RY ah inthikh'aab eh kaamiyaab vaane kan nuvatha noon kan ninmaa kah vaki farudhakah neygeyne.hurihai kamehge baaruveri kan milkuve vodigen vanee kh'aaliq vantha ASW ah @Ch13official
— Abdul Raheem Abdulla (@Banafsaa) February 27, 2020
އެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ ވެރިކަމުގައި ހުރެ އިންތިހާބަކުން ނާކާމިޔާބު ވެއްޖެނަމަ، ވެރިކަން ނެތި އިންތިހާބެއް ކާމިޔާބުކުރުމަކީ ވަރަށް ނުވާނެ ކަމަށާއި ދުނިޔޭގެ އެހެން ގައުމެއްގައި ވެސް އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.
"އެހެންވީމަ، ރައީސް ޔާމީނަށް ދެން އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަން އެއީ ހަމަ ގާތްގަނޑަކަށް ކަށަވަރުވާ ކަމެއް. އަދި އެއަށް ވުރެ ބޮޑަށް ކަށަވަރުވަނީ 2023 ގައި އިންތިހާބީ ޓިކެޓުގައި ރައީސް ޔާމީންގެ ނަން ނޯންނާނެކަން. އެއީ ހުކުމެއްގައި ހުރުމާއި، މި ހުރިހާ ކަމަކާއި ހެދި" އުމަރު ވިދާޅުވިއެވެ.
އަދި މިހާރު ފެންނަ މަންޒަރަށް ބަލާއިރު ޔާމީން މިނިވަންވާނެ ތަނެއް ވެސް ނުފެންނަ ކަމަށާއި އެމަނިކުފާނު މިނިވަން ކުރުމަށް ބޭނުންވާނަމަ ހުޝިޔާރު ބައެއްގެ އަތަށް ޕީޕީއެމްގެ ލީޑަޝިޕް ދޭންޖެހޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. ނަމަވެސް އެ ހުޝިޔާރުކަން މިވަގުތު އެ ޕާޓީން ނުފެންނަ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ