ފެނާއި ކަރަންޓު ހިލޭ ކޮށް ނުދެވޭންވީ ސަބަބެއް ނެތް: ޝިޔާމް

ފެނާއި ކަރަންޓު މި ދަނޑިވަޅުގައި ހިލޭ ފޯރުކޮށް ނުދެވެންވީ ސަބަބެއް ނެތްކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވެއްޖެއެވެ.ޝިޔާމް މިހެން ވިދާޅުވީ، މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ކަރަންޓާއި ފެން ކުރިއަށް އޮތް ދެމަސް ދުވަހު ހިލޭ ކުރުމަށް ހުށަހެޅުމުން އެކަން ފާސް ނުވި ހަބަރު ޓުވިޓަރގައި ހިއްސާކުރައްވަމުންނެވެ. މިގޮތުން ޝިޔާމް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވޭތުވެދިޔަ 25 އަހަރު ދަށަށް ނުދާވަރަށް ދަށަށް ހިނގައްޖެކަމަށެވެ. އަދި 4.4 ބިލިއަން ރުފިޔާ ޗާޕުކުރަން މަޖިލީހުން ހުއްދަ ދީފި ކަމަށާއި ރައްޔިތުންނަށް އެކަން ކޮށް ނުދެވެންވީ ސަބަބެއް ނެތް ކަމަށެވެ.ކޮވިޑު-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ އިޤްތިސާދަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި ވަރަށް ގިނަ މީހުންގެ އަތްމަތި ވަނީ ދަތިވެފައެވެ. ކަރަންޓާއި ފެންބިލު ހިލޭ ކުރުމަށް ޝިޔާމް ހުށަހެޅުއްުވުމުން އެސްއޯއީ ކޮމިޓީގައި ތިއްބަވާ އެމްޑީޕީ މެމްބަރުންގެ ތާއީދު ނުލިބުމުގެ ސަބަބުން އެކަން ފާސްނުވިއެވެ. އެ ކޮމިޓީގެ މެޖޯރިޓީއަކީ އެމްޑީޕީ މެމްބަރުންނެވެ. ސަރުކާރުން ވަނީ އޭޕްރިލް އަދި މޭއި މަހުގެ ކަރަންޓު ބިލުން 40 އިންސައްތަ އަދި ފެންބިލުން 30 އިންސައްތަ އުނިކުރަން ނިންމާފައެވެ. ނަމަވެސް ފުރަބަންދުގެ ސަބަބުން ހުރިހާ އެންމެން ގޭގައި ތިބެން ޖެހިފައިވާތީ، ބޭނުން ކުރާ މިންވަރު އިތުރުވުމާއި އެކު 40 އިންސައްތަ ކުޑަކޮށްގެން މާބޮޑު ތަފާތެއް ނުފެންނާނެކަމަށް ގިނަބަޔަކު ދެކެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ