ރައީސް ޔާމިންއަކީ އާދައިގެ ބޭފުޅެއް ގޮތަށް ސިފަކުރުމަކީ ދެވުނު ނުބައި މެސެޖެއް: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަކީ އާދައިގެ ބޭފުޅެއްގެ ގޮތުގައި ސިފަކުރުމަކީ ދެވުނު ނުބައި މެސެޖެއްކަމަށް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
Advertisement
ކޮވިޑް19 އާ ގުޅިގެން ބައެއް ގައުމުތަކުގައި ޖަލުތަކުގައި ތިބި އިދިކޮޅު ލީޑަރު ދޫކުރަމުންދާތީ ރައީސް ޔާމިން ދޫކޮށްލުމުގެ ވިސްނުން ގެންގުޅޭތޯ ނޫސްވެރިއަކު ކުރެއްވި ސުވާލެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވި ޖަވާބަކީ ވަރަށް ޒާތީ ޖަވާބެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަ ކުރައްވަ އެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ އާދައިގެ ބޭފުޅެއްގެ ގޮތުގައި ނެންގެވުމަކީ ދިން ނުބައި މެސެޖެއް ކަމަށެވެ."ރައީސް ޔާމިންއަކީ އާދައިގެ ބޭފުޅެއްގެ ގޮތުގައި ރައީސް ސޯލިހު މި ސިފަކުރެއްވީމަ އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެ ދެއްވަނީ ވަރަށް ނުރަނގަޅު މެސެޖެއް އެނގޭތޯ؟ އެހެން ނުހައްދަވާށޭ އިހުލާސްތެރިކަމާއެކު އަޅުގަނޑު ދަންނަވަން ބޭނުން،" އަބްދުރަހީމް ވިދާޅުވި އެވެ.އަބްދުއްރަހީމް މިގޮތަށް ވިދާޅުވެފައި މިވަނީ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޖަލުގައި ތިބޭ ގައިދީންނަށް މާފުދިނުމުގައި އަމަލުކުރާނެ އުސޫލުތަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ވަކި ގައިދީއަކަށް ވަކި އުސޫލަކުން އަމަލުކުުރުމުގެ ވިސްނުން ނުގެންގުޅުއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވާތީ އެވެ.  އަބްދުރަހީމް ވިދާޅުވީ ސަރުކާރު ހިންގަމުން އަންނަ ޕާޓީތަކުން ގަބޫލު ކުރަން ބޭނުން ނުވިޔަސް ރައީސް ޔާމިންއަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ހަމައެކަނި ރައީސް ކަމަށެވެ. އަދި އެއީ އިދިކޮޅު ލީޑަރު ކަމަށެވެ. އަދި އިދިކޮޅުން ދެކެމުންދާ ތަރައްގީގެ ބާނީއަކީ ވެސް ރައީސް ޔާމިން ކަމަށެވެ.އޭގެ އިތުރުން ޑިމޮކްރަސީގައި ގައުމެއް ކުރިއަރާ ދާނީ އިދިކޮޅުގެ ބައިވެރިވުމާއެކު ކަމަށާއި އެހެންކަމުން އެ ބޭފުޅުން އަދާކުރަމުން ދަނީ އިދިކޮޅު ޕާޓީގެ ޒިންމާކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ