ޖުމްހޫރީ ޕާޓީގެ އެސްޖީ އަހުމަދު ސަމީރު ހައްޔަރުކޮށްފި

ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ފުލުހުން ހައްޔަރުކޮށްފިއެވެ.
ސަމީރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކުރިމަތިކުރުވަމުން އަންނަ އަނިޔާތަކާއި ދެކޮޅަށް މިރޭ ބޭއްވި އިހްތިޖާޖުގެ ތެރެއިންނެވެ.
ސަމީރު ހައްޔަރުކޮށްފައިވަނީ ބާރުގެ ބޭނުންކޮށްގެން ބިޑިވެސް އަޅުވައިގެންނެވެ. ސަމީރު ހައްޔަރުކޮށްފައިވަނީ މީޑިއާތަކަށް އިންޓަވިއު ދެއްވަމުން ގެންދަވަނިކޮށެވެ.
އެ އިންޓަވިއުގައި ސަމީރު ވިދާޅުވީ ގާނޫން އަސާސީން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ ހައްގު ކަށަވަރުކޮށްދީފައިވާކަމަށާ އެ ހައްގަށް އެއްވެސް ފަރާތަކުން އަރައިގަނެގެން ނުވާނެކަމަށެވެ.
އަދި ސަރުކާރުގެ އިސްވެރިން ގާނޫނާއި ޚިލާފަށް ކުރައްވާ ކަންކަމާއި، އެފަދަ ކަންކަމާއި ގުޅިގެން އެބޭފުޅުން ވެވަޑައިގަންނަވާ އިއުތިރާފް ތަހުގީގުކޮށް ބަލަން ޖެހޭނެކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ ސަމީރު ހައްޔަރުކޮށްފައިވަނީ ގާނޫނީ އިމުން ބޭރުންކަމަށާ އެކަމާއި ކަންބޮޑުވާކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކުރިމަތިކުރުވަމުން އަންނަ އަނިޔާތަކާއި ދެކޮޅަށް މިރޭ ބޭއްވި އިހްތިޖާޖުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަމުންދަނިކޮށް ސަމީރު ހައްޔަކުރުން އެންމެ ހަަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ.
ސަމީރު ހައްޔަރުކުރުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަމީރު ހައްޔަރުކުރި ކުރުން ހަރުއަޑުން ކުށްވެރިކުރައްވާކަމަށެވެ.
އަދި ސަމީރު ވަގުތުން މިނިވަންކުރުމަށް އަމީން ވަނީ ގޮވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ