ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހުންނެވީ ހެޔޮހާލުކޮޅުގައިކަމަށާ އެމަނިކުފާނު ނުހައްގުން ޖަލަށްލީނަމަވެސް އިސްލާހީ މަަސައްކަތުގައި ސާބިތުވެ ހުންނަވާނެކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަބުުދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ މާފަންނު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަބުުދުﷲ ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހިމް ހިފާ ހައްޔަރުކޮށް ޖަލަށްލާފައިވަނީ ގާނޫނީ އިމުން ބޭރުންކަމަށެވެ.
އަދި މިހާރުން މިހާރަށް ގާސިމް އިބްރާހިމް މިނިވަންކުރުމަށް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާކަަމަށް ރިޔާޒު ވިދާޅުވިއެވެ. ރިޔާޒު ވިދާޅުވީ ކުރެވިފައިވާ ގާނޫނާއި ޚިލާފު ކަންކަމުގައި ދެމިނުތިއްބެވުމަށް ފުލުހުންނާއި ފުލުހުންގެ އިސްވެރިންނަށް އިލްތިމާސްކުރައްވާކަމަށެވެ.
ރިޔާޒު ވިދާޅުވީ ގާސިމް އިބްރާހިމް ހުންނެވީ ވަރަށް ވަރުގަދަ އަޒުމެއްގައިކަމަށާ އިސްލާހީ މަަސައްކަތުގައި އެމަނިކުފާނު ހުންނެވީ ސާބިތުވެކަމަށެވެ. އަދި ގާސިމް ހުންނެވީ ހެޔޮހާލުގައިކަމަށާ ޖަލަށް ލައިގެން އެމަނިކުފާނު ބަލިނުކުރެވޭނެކަމަށެވެ.
"އިރާދަކުރެއްވިއްޔާ ގާސިމް ހުންނެވީ ހެޔޮހާލުގައި. ވަރަށް އަޒުމް ވަރުގަދަކޮށް. އިސްލާހީ މަަސައްކަތުގައި ސާބިތުވެ." ރިޔާޒު ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލްވުމުގައި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ މިހާރު މިހާރަށް ގާސިމް ދޫކޮށްލުމަށް ފުލުހުންނަށް ގޮވާލައްވާކަމަށެވެ.
ގާސިމް ބަންދުގައި ބަހައްޓާ ކޮންމެ ވަގުތަކީ ގައިރު ގާނޫނީ އަމަލެއްގެ މަތީގައި ތިބެވޭ ވަގުތުތަކެއްކަމަށާ އެހެންކަމުން ވީހާވެސް އަވަހަށް ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވުމަށް ގޮވާލައްވާކަމަށެވެ.
ގާސިމް ހައްުޔަރުުކުރި ކުރުން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ނޫސްވެރިންގެ މި ބައްދަލްވުމުގައި ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ގާސިމް އެ ހުންނެވީ ގާނޫނީ އިމުގެ ބޭރުން ހައްޔަރުކޮށްފައިކަމަށެވެ.
އަދި މިގޮތަށް ބަންދުކުރި ކުރުން އެއްވެސް ގޮތަކަށް ބަލައެއް ނުގަނެވޭނެކަމަށާ އެކަން އެނގިތިބެ ގާސިމް ހައްޔަރުކޮށްފައި ބެހެއްޓުމުން މިހާރު ކުރެވެމުންދަނީ އިތުރު ކުށެއްކަން އެކަންކުރާ ބަޔަކު ދަންނަންޖެހޭކަމަށް ފާރިސް މައުމޫން ވިދާޅުވިއެވެ.
ގާސިމް ހައްޔަރުކުރީ އުސޫލްތަކާއި ޚިލާފަށްކަމަށްވާތީ ގިނަ ބަޔަކު ގެންދަނީ ގާސިމް ވަގުތުން މިނިވަންކުރުމަށް ގޮވާލަމުންނެވެ.
ގާސިމް ހުންނެވީ އިސްލާހީ މަސައްކަތުގައި ކުރިއަށްދިއުމަށް: ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ