މައިލޯ އިންޓަ ސްކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ފަށައިފި

މައިލޯ އިންޓަރ ސްކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް މިއަދު މާލޭގައި ފަށައިފި އެވެ.
މިއަދު މި މުބާރާތް ފެށިއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ އިސްކަންދަރު ސްކޫލާއި ޣާޒީ ސްކޫލް އެވެ. މި މެޗު 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އިސްކަންދަރު ސްކޫލުންނެވެ. އަދި މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ކ. ހުރާ ސްކޫލާއި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އެވެ. މި މެޗު 8-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ނެވެ.
މިދިޔަ އަހަރު ކުރިއަށްދިޔަ މައިލޯ އިންޓަރ ސްކޫލް 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޣާޒީ ސްކޫލް އެވެ.
މީގެ އިތުރުން މިއަދު ވަނީ އައްޑޫ ސިޓީގައި ކުރިއަށްދާ މައިލޯ އިންޓަރ ސްކޫލް 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ވެސް ފަށައިފައެވެ. އެފްއޭއެމުން ބުނީ މި ފަހަރުގެ މުބާރާތުގައި އައްޑޫގެ 6 ސްކޫލަކުން ބައިވެރިވެފައިވާ ކަމަށެވެ.
އައްޑޫގައި ކުރިއަށްދާ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކަކީ ސ. އަތޮޅު މަދަރަސާ އާއި އައްޑޫ ހައިސްކޫލްގެ އިތުރުން ހިތަދޫ ސްކޫލާއި ފޭދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލް އަދި އިރުޝާދިއްޔާ ސްކޫލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ