ދ. ހުޅުދެލީގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ގައިގައި އެ ރަށު އިންޖީނުގެ ހިންގުމާ ހަވާލުވެ ހުރި މީހަކު ދަނޑިބުރިއަކުން ޖެހިކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ މެންދުރުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި ބަންގްލަދޭޝް މީހާގެ ކަނދުރާމަތި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށާއި އޭނާ އަށް ލިބުނު އަނިޔާތަކަށް ހުޅުދެލީ ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ކުޑަހުވަދޫން ފުލުހުންގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ.
ނަމަވެސް މިހާތަނަށް އެމައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
ހުޅުދެލީ ކައުންސިލްގެ މީޑިއާ ކޯޑިނޭޓާ އަދުނާން އަލީ މިއަދު ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން އެ ރަށު އިންޖީނުގޭ ހިންގުމާ ހަވާލުވެ ހުންނަޗާ ހުސެއިން ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި ދަނޑިބުރިއަކުން ޖެހި ކަމަށް ތުހުމަތު ކުރަނީ އެމީހާ މަގުމަތީގައި ހުއްޓައި ކަމަށެވެ. އަދި އެ މާރާމާރީގެ ސަބަބުން އެމީހާގެ ކަނރުންމަތި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ދަނޑިބުރިއަކުން ޖެހިތަން ވަރަށް ބޮޑަށް އެނގެން ވެސް އެބަ ހުރި. އެމީހާގެ ކަރުން މަތި އޮތީ ވަރަށް ބޮޑަށް ދުޅަވެފައި. އެ މައްސަލަ ތަހްގީގު ކުރާތީ މިހާރު ޖެހި މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި،" އަދްނާން ވިދާޅުވި އެވެ.
ޔުޓިލީސްގެ މެނޭޖަރު ފޯން ނިއްވާލައްވާފައި އޮތުމުން ވަނީ އޭނާގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
ހުޅުދެލީގައި އުޅޭ ބިދޭސީއަކަށް އެރަށުގެ އިންޖީނުގެ ހިންގުމާ ހަވާލުވެހުރި މީހަކު ހަމަލާދިން މައްސަލައެއް ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ