އާ ފީޗާތަކާއެކު ޖޮބް ސެންޓާ ޕޯޓަލް ރީލޯންޗް ކޮށްފި

ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދިވެހިންނަށް ވީހާވެސް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށް މިނިސްޓްރި އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއިން ގާއިމްކޮށްފައިވާ ވެބްސައިޓް ޖޮބް ސެންޓާ.އެމްވީ އިތުރު އާ ފީޗާތަކާއި އެކު ރީލޯންޗް ކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިވެބްސައިޓަށް ގެނައި ބަދަލާ އެކު ދިވެހި މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަންދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް އިތުރު ކާމިޔާބީއެއް ލިބިގެންދާނެ ކަމަށެވެ.
އަދި މިއީ ސަރުކާރުގެ ވައުދުތަކުގެ ތެރެއިން ވައުދެއް ކަމަށާއި އަދި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ދަށުން ދެލިކޮށް ތާވަލް ކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ މިއަދު ގެނައި ބަދަލާއިއެކު ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެސް، ވަޒީފާ އިއުލާނުކުރުމާއި ހަމައިން، ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތައް ސޯޓްލިސްޓްކުރުމާއި، އިންޓަވިއު ކުރުމާއި ވަޒީފާއަށް ހޮވުމާ ހަމަޔަށް ފުރިހަމަކުރަންޖެހޭ ކަންކަން ފަސޭހަކަމާއެކު ކުރެވޭނެ ކަމަށެވެ.
މިއަދު އެ ރީލޯންޗް ކުރި ވެބްސައިޓާ އެކީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރު ވާޗުއަލް ކުރެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ އެ ވެބްސައިޓް ފަރުމާކުރެވިފައިވަނީ މައިގަނޑު ތިން ބައެއް އެކުލެވޭ ގޮތަށް ކަމަށެވެ. އެއީ ވަޒީފާ ހޯދާ ފަރާތްތަކަށް ހާއްސަ ޕޯޓަލްއެއް، ވަޒީފާ ދޭ ފަރާތްތަކަށް ހާއްސަ ޕޯޓަލްއެއްގެ އިތުރުން ވަޒީފާ ތަކަށް ބޭނުންވާ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގާ ފަރާތްތަކަށް އެފަދަ ޕްރޮގްރާމްތައް ލިސްޓު ކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ އާ ފީޗާސްތަކުގެ އިތުރު ވެސް ވަޒީފާ ހޯދާ ފަރާތްތަކަށް ވަޒީފާ ހޯދުމާއި އެ ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންވާން ހުރިހާކަމެއް ފުރިހަމަ ވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ