"ސްކޫލް ވެށި"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ޕީއެސްއެމުން ފަށަނީ

ސްކޫލްތަކުގައި ކުރެވޭ މަސައްކަތްތައް ގެނެސްދިނުމަށް "ސްކޫލް ވެށި"ގެ ނަމުގައި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހާއްސަ ޕްރޮގްރާމެއް ފެށުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ހުރިހާ ދާއިރާއަކުން ހުނަރުވެރި ތައުލީމީ ދަރިވަރުން ބިނާކުރުމަށް ސްކޫލްތަކުން ކުރާ މަސައްކަތްތައް އާއްމުންނާ ހިއްސާކުރުމަށް ގެނެސްދޭ އެ ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ޕީއެސްއެމްއަށް 38 އަހަރު ފުރުމާ ގުޅިގެން ކަމަށެވެ. އެ ޕްރޮގްރާމް މިއަދު އިފްތިތާހްކޮށްދެއްވީ ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ. އެ ޕްރޮގްރާމު ޕީއެސްއެމުން ދައްކާނީ ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 4:30 އިން 5:30 އަށެވެ. ޕީއެސްއެމް ވުޖޫދަށް އައުމާއެކު ތައުލީމީ ހަބަރާއި މައުލޫމާތު ގެނެސްދޭ ހާއްސަ ޓީވީ ޗެނަލެއް ހެދުމުގެ މަޝްވަރާތަކެއް ޕީއެސްއެމާއެކު އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ