މޫސުން ގޯސްވުމާއި ގުޅިގެން އެމްޓީސީސީން ވިލިމާލެއާއި ހުޅުމާލެއާއި ދެމެދު ކުރަމުންދިޔަ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެމްޓީސީސީން ބުނީ މާލެއާއި ހުޅުމާލެއާއި ދެމެދު ކުރަމުންދާ ފެރީ ދަތުރުތައް މެދުކަނޑާލީ މިއަދު ހަވީރު 5:30 އިން ފެށިގެން ކަމަށެވެ. އަދި މާލެއާއި ވިލިމާލެއާއި ދެމެދު ކުރާ ދަތުރުތައް މެދުކަނޑާލީ މިއަދު ހަވިރު 5:45 އިން ފެށިގެން ކަމަށްވެސް ބުނެ އެވެ.
އެމްޓީސީސީން ބުނީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލީ މޫސުން ގޯސްވުމާ ގުޅިގެން ދަތުރުކުރުމަށް ރައްކާތެރިކަމަށް ނުފެންނާތީ ކަމަށެވެ. އަދި މޫސުން ރަނގަޅުވީހާ އަވަހަށް ދަތުރުތައް ފަށާނެ ކަމުގައިވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
މޫސުން ގޯސްވުމުން އެމްޓީސީސީ ފެރީ ދަތުރައް މެދުކަނޑާލައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ