ބޮޑު ފިނޮޅުގައި ބޯފެނާއި ކަރަންޓު ނެތިގެން މަސައްކަތްތެރިން ކަންބޮޑުވުން ފާޅުކުރަނީ!

ބ އަތޮޅުގައި ރިސޯޓެއްގޮތަށް ތަރައްޤީ ކުރަމުންދާ ބޮޑު ފިނޮޅުގައި ކަރަންޓާއި ފެން ކަނޑާލުމާ ގުޅިގެން އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި، އެރަށުގައި މިއަދު 11:00 ހާއިރު ފެން ކަނޑާލާފައިވާިއރު 5:15 ގައި ވަނީ ކަރަންޓު ކަނޑާލާފައެވެ. އަދި ކައްކަން ބޭނުން ކުރާ ދަރުވެސް އެ ރަށުގައި ނެތް އިރު، ރަށުގައި މަސައްކަތް ކުރާ ފަރާތްތަކުން މެންދުރު ނުކާ ކަމަށްވެއެވެ. ދަރު ނެތް ކަން އެ މަސައްކަތްތެރިންގެ ކުންފުނި ރިޒްގެ ވެރިޔާ އަދި ށ.މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އަށާއި އެ ކުންފުނީގެ މެނޭޖްމެންޓަށް އަންގާފައި ވީނަމަވެސް މިހާތަނަށް އެކަމަށް ހައްލެއް ފޯރުކޮށްދީފައި ނުވާކަމަށް މައުލޫމާތުލިބެއެވެ. ދަރު ނެތްތާ 3 ދުވަސް ވެފަ ވާއިރު، އެ ވާހަކަ ރިޒް ކުންފުންނާއި ހިއްސާ ކުރުމުން ކޮންމެ ފަހަރަކުވެސް އެކަން ބަލާނެ ކަމަށް ބުނާކަމަށާއި އޭގެ ފަހުން އެ ކުންފުނިން ފޯނަށް ޖަވާބުވެސް ނުދޭކަމަށްވެއެވެ. ބިދޭސީ މަސައްކަތްތެރިން އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރިނަމަވެސް އެރަށުގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައިނުވެއެވެ. އެރަށުގެ ކަންކަން ބެލެހެއްޓުމަށް އެރަށުގައި ފުލުހުންވެސް މިހާރު ތިބެއެވެ. މީގެ ކުރިން މުސާރައިގެ މައްސަލައާއި ގުޅިގެން އެ ރަށުގައި ބިދޭސީން ވަނީ މުޒާހަރާކޮށް ބައެއް މީހުން ރަހީނުވެސް ކޮށްފައެވެ. އެކަމާއި ގުޅިގެން ބައެއް ބިދޭސީން ހައްޔަރުވެސް ކޮށްފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ