މާދަމާ އިން ފެށިގެން ބީއެމްއެލް އިން ފަސް ދުވަހު ޚދުމަތްދޭނެ

މާދަމާއި ން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަފްތާ ބަންދު ނޫން ހުރިހާ ދުވަހަކު ޚިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލ އިން ބުނީ މާދަމާ އިން ފެށިގެން އެ ބޭންކުގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާނީ ހެނދުނު 8:30 2ިން މެންދުރު ފަހު 2:00 އަށް ކަމަށެވެ. ނަމަވެސް އެ ތަންތަނުން ފޯރުކޮށްދޭނީ އޮންލައިންކޮށް އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ޚިދުމަތްތައް އެކަންޏެވެ.
އެ ބޭންކުން ދޭ ޚިދުމަތްތަކުގެ ތެރެއިން ރާއްޖެ އިން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި ލޯކަލް ބޭންކް ޓްރާންސްފާ އާއި މީރާ އަށް ފައިސާ ދެއްކެމުގެ ޚިދުމަތުގެ އިތުރުން ޕީއޯއެސްގެ ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އެވެ. އަދި ފައިސާ އާއި ޗެކުތައް އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރެވޭނެ އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ބޭންކުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރު މާލޭ ސަރަހައްދުގައި ގާއިމް ކޮށްފައިވާ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ލިބޭނީ އެޕޮއިންޓްމަންޓަށެވެ. ކޮންމެ ދުވަހަކަށް ވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ