ގެތަކާއި ހަމައަށް ރަށް ގިރަމުން ދާއިރު މަޑަކުން ނުތިބެވޭނެ، ހައްލު ހޯދައިދޭން ޖެހޭ: މެމްބަރު ޝާހިދު

ށ. ފުނަދޫ ގިރަމުންގޮސް މީހުން ދިރިއުޅޭ ގެތަކާއި ހަމައަށް ގިރައި، ގޭގެއަށާއި މީހުންނަށް ގެއްލުންވާން ފެށީމާ މަޑުން ނުތިބެވޭނެ ކަމަށާއި، އެރަށް ގިރަމުންދާ މައްސަލައަށް ހައްލު ބޭނުންވާކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ.
މެމްބަރު ޝާހިދު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަނުންނެވެ.
މެމްބަރު ޝާހިދު ވިދާޅުވީ ތިނަދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ތިނަދޫއާއި ތިނަދޫ ކައިރިރަށްތަކަށް އުދައަރައި، ރަށްތަކަށާއި ރައްޔިތުންގެ މުދަލަށް ގެއްލުން ވަމުންދާ މައްސަލައަކީ ހަމައެކަނި ތިނަދޫއަށް ދިމާވެފައިވާ މައްސަލައެއްގެ ގޮތުގައި ފާހަގަ ނުކުރެއްވޭ ކަމަށެވެ.
އެމައްސަލައަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އޮތް ބޮޑު މައްސަލައެއް ކަމަށް ފާހަގަ ކުރެއްވޭ ކަމަށާއި، އެމައްސަލައަށް ޙައްލެއް ހޯދުމުގެ މަޝްވަރާ ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދިޔަޔަސް އަވަހަށް އެކަން ވާނެ ކަމަށް ގަބޫލުކުރަން ތަންކޮޅެއް ދަތި ކަމަށް ފެނިވަޑައިގަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ތަރައްޤީގެ އެކިއެކި ޕްލޭންތައް ކުރެވެންދާއިރު، ކަމާ ބެހޭ މާހިރުންގެ ލަފާ އެއީ އެންމެ އިސް މަސްދަރު ކަމަށް ބަލަންޖެހޭ ކަމަށާއި، އެހެންނޫންނަމަ، ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ. މިސާލެއް ގޮތުން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާގެ ފުނަދޫގައި އެއަރޕޯޓު އަޅަން ބިން ހިއްކުމުން ރަށް ގިރަމުންދާ ދިއުން ޝާހިދު ވަނީ ފާހަގަ ކުރަށްވާފައެވެ. ޝާހިދު ވިދާޅުވީ އެ މަޝްރޫޢު ހިތުގެ އަޑިން އުފަލާއެކު ގަބޫލު ކުރަށްވާ ކަމަށެވެ.
މެމްބަރު ޝާހިދު ވިދާޅުވިއެވެ.
މެމްބަރު ޝާހިދު އިތުރަށް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އޭނާގެ ދާއިރާގެ ޅައިމަގުވެސް އެއްފަރާތުން ގިރައި ހުސްވަމުން ދާ ކަމަށެވެ. އެ ކަމަށް ވެސް ގޮތެއް ހޯދަން ޖެހޭ ކަމަށާއި، މިއީ މުޅި ރާއްޖެއަށް އޮތް މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މެމްބަރު ޝާހިދު ވިދާޅުވީ ހުރިހާ ރައްޔިތުންނާއި ދުނިޔެ އެކުގައި މަސައްކަތްކޮށްގެން ނޫން ގޮތަށް އެކަށޭނަ ރަނގަޅު ޙައްލެއް އެމައްސަލަތަކަށް ލިބެން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ