މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނަށް ވައިޓް އެލާޓް

ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
އެގޮތުން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު 14:30އަށް ގއ.އަަތޮޅުން ފެށިގެން އައްޑޫ އަތޮޅުގެ ސަރަހައްދުތަކަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ