ރައްޔިތުން ބޭނުންވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަކަށް ވާން: އަހުމަދު އަބްދުﷲ

ކުރިޔަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަޒާހަތްތެރި މެންބަރުން ތަކެއްގެ މައްޗައް އެކުލެވޭ މަޖިލީހަކަށް ވާން ގައުމުގެ ހުރިހާ ރައްޔިތުންވެސް ބޭނުންވާކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހުމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރަމްގައި ވާހަކަ ދައްކަވަމުން އަހުމަދު އަބްދުﷲ ވިދާޅުވީ ނަޒާހަތްތެރި މަޖިލީހެއް ގެނައުމަށްޓަކައި ކިލަނބުކަމެއްގެ ތެރޭގައި މޫނު ނިވާކޮށްގެން އުޅޭފަރާތްތަކަށް މަޖިލީހުގެ ތެރެއިން އެއްވެސް ފުރުސަތެއް ނެއްކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެމްޕެއިން ކުރަން ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގެންނެވުމުން ރައްޔިތުން އެ ކެނޑިޑޭޓުންނާ އެތައް ސުވާލުތަކެއް ކުރިމަތި ކުރާނެ ކަމަށާއި، އެހުރިހާ ސުވާލެއްގެ ޖަވާބް އެ ކެނޑިޑޭޓުންގެ އަތުގައި އޮންނަން ޖެހޭނެ ކަމަށެވެ. އަދި ޖަވަބު ދާރީ ނުވެވޭ ފަރަތްތަކަށް އިންތީޚާބުން ފެއިލް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މި ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑު މެންނަށް ތަފާތު ތަކެއް ދެއްކިއްޖެ ކަމަށް. މިހާތަނަށް ރައްޔިތުންގެ އަޑު އަހައިގެން ކަންކަމަށް ގެންނަން ޖެހޭ ބަދަލް ތަކެއްވެސް ގެނެވިއްޖެ. ކުރިއަށް އޮތްތާވެސް މި ވެރިކަން ހިނގަމުންދާނީ ރައްޔިތުންނާއި ކައިރިން  އެ ރައްޔިތުންގެ އަޑު އަހައިގެން. އަދި ރައޔިތުންގެ ވޭނާއި އުދާސްތަކަށް ޝިފާއެއް ލިބޭނެ ގޮތަކަށް " އަހުމަދު ވިދާޅުވިއެވެ.          
މީގެއިތުރުން އަހުމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުންނަކީ މިއަދު ވަރަށް ހޭލުންތެރިވެފައި ތިބި ބައެއްކަމަށާއި، ބަޔަކު ކިތަންމެ ވަރަށް އޮޅުވާލަން މަސްކަތް ކުރިއަސް އެރައްޔިތުން އެވާހަކަ ތައް ގަބޫލު ނުކުރާނެ ކަމަށެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ސަރުކާރުގެ މަގާމަށް ބޭފުޅަކު އިސްކުރާއިރަށް، އެމީހެއްގެ ހިސްޓްރީ މުޅި ސޯޝަލް މީޑިއާގެ އެކި ލެވެލް ތަކުގައި ދައުރުވަމުން ދާކަމަށާއި، ޚާއްސަކޮށް ޒުވާނުން ލޯހުޅުވައިގެން ގައުމާއި ދޭތެރެ ވިސްނަ ވިސްނާ ތިއްބާ ބަޔަކު ހީކުރާހާ ގޮތަކަށް ރައްޔިތުން ނިއްމުންތައް ނުނިއްމާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.          
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ