މިދިޔަ މަހުގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލު ކަމަށް ކަނޑައަޅާ ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ވަނުމަށް ގިނަ ބަޔަކު ސުޕްރީމް ކޯޓު ސަރަހައްދަށް އެއްވެއްޖެ އެވެ.
އިންތިހާބުގައި މަކަރު ހަދާފައިވާ ކަމަށް ކަނޑައަޅާ އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގައެވެ.
އެ މައްސަލައިގެ އަޑުއެހުން ބޭއްވުމަށް ހަަމަޖެހިފައިވަނީ މިއަދު 1300ގައެވެ. މައްސަލައަށް ވަންނަން ބޭނުންވާ ފަރާތްތަކުގެ ނަން ނޯޓް ކުރަން ފަށާފައިވަނީ މިއަދު 1200ގައެވެ.
މައުލޫމާތު ލިބޭގޮތުގައި އެ އަޑުއެހުމަށް ވަނުމަށްޓަކައި ބައެއް ފަރާތުން ވަނީ މިއަދު ހެނދުނު 0800 އިން ފެށިގެން ސުޕްރީމް ކޯޓު ކުރިމަތީގައި ކިޔޫ ހަދާފައެވެ.
އެ މައްސަލައިގެ އަޑުއެހުމަށް ގިނަ ބަޔަކު ވަނުމަށް ނިންމާފައިވާއިރު ޝަރީއަތް މާލަމަށް އެންމެ ގިނަ ވެގެން ވަދެވޭނީ 30 މީހުންނަށެވެ.
ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ފަރާތުން ވަކީލް މުހައްމަދު ސަލީމް، ވިދާޅުވީ ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވީ ދުސްތޫރީ މައްސަލައެއް ކަމާށާއި އެ މައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީންގެ ސަޕޯޓަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.
އިންތިހާބު ބާތިލުކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ގިނަ ބަޔަކު ސުޕްރީމް ކޯޓު ކައިރިއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ