އެއާޕޯޓުންނާއި މާލޭގެ ބޮޑުބަޔަކުން ކަރަންޓް ކެނޑިއްޖެ

ެެއެއާޕޯޓުންނާއި މާލޭގެ ބޮޑުބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.
މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވަނީ މިއަދު ހެނދުނު 9:45 ހާއިރުންފެށިގެންނެެވެ.
މާލެއަށް ކަރަންޓްގެ ޚިދުމަތްދޭ ސަރުކާރު ކުންފުނިން ސްޓެލްކޯއިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާތީ، ދިމާވި މައްސަލަ ބަލައި އަވަހަށް ޚިދުމަތް ދިނުމަށް އެކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރަމުންދާކަމަށެވެ.
ބައެއް ސަރަހައްދުތަކަށް ކަރަންޓް ދިންތާ ދެތިން މިނިޓްގެ ތެރޭގައި ވަނީ އަލުން ކަރަންޓް ކެނޑިފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންވެސް އެއްކޮށް ކަރަންޓް ކެނޑި ޚިދުމަތްތަކަށް ބުރޫއަރާފައި ވާކަމުގައި އެއާޕޯޓުގައި މަަަސައްކަތް ކުރާ ބައެއް މުވައްޒަފުން ވަނީ މައުލޫމާތު ދީފައެވެ.‏
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ