ހައިވޭގައި އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާވި

ބުރިޖާ ގުޅިގެން ހަދާފައިވާ ހުޅުމާލޭ ހައިވޭފައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މިރޭ 7:30 ހާއިރު ސައިކަލަކާ ކާރެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވީ ސައިކަލު ދުއްވަން އިން 26 އަހަރާއި، ސައިކަލު ފަހަތުގައި އިން 20 އަހަރުގެ ފިރިހެނަކަށެވެ. އެ ދެ މީހުންނަށް ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، ލިބިފައިވާ އަނިޔާތަކެއް ސާފެއް ނުވެ އެވެ.
އެކްސިރެންޓް ހިނގަން މެދުވެރިވީ ހުޅުލެއިން، ހުޅުމާލެ އަށް ދިޔަ ސައިކަލެއް ޔޫޓާން ނަގަން އުޅުމުގެ ތެރޭގައި ހުޅުލެއިން، ހުޅުމާލެ އަށް ދިޔަ ކާރެއްގައި ޖެހިގެންނެވެ. އެނގިފައިވާ ގޮތުގައި އެކްސިޑެންޓުގައި ސައިކަލާއި ކާރަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ.
ބުރިޖާއި ހައިވޭގައި ގިނަ އަދަދަކަށް އެކްސިޑެންޓްތައް ހިނގަމުން އަންނާތީ، މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބުރިޖު ހުރަސްކޮށް ކުރާ ދަތުރު ތަކުގައި ހެލްމެޓް އެޅުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މަޖުބޫރު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ