މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ އެވެ.
މިރޭ 7:00 ހާއިރުން ފެށިގެން މާލޭގެ އެކި އަވަށްތަކުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވި ސަބަބެއް ސްޓެލްކޯ އިން އަދި ހާމައެއް ނުކުރެއެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓު ކެނޑުނު މައްސަލަ ބަލަމުން އަންނަ ކަމަށާއި ކަރަންޓް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެންމެ ފުރަތަމަ ކަރަންޓް ކެނޑުނީ ހެންވޭރުގެ ބައެއް ސަރަހައްދުތަކުންނެވެ. އޭގެފަހުން ވަނީ އެހެން އަވަށްތަކުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑެން ފަށާފައެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ