2018 ވަނަ އަހަރުގެ އޭޕްރީލް މަހު މީދޫ ކައުންސިލުން ފެށި ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ފައިސާގެ ތަފްސީލުތައް މީދޫ ކައުންސިލުން އިއްޔެ އާއްމުކޮށްފިއެވެ.
އެގޮތުން 2018 ވަނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޑިސެމްބަރު މަހާއި ހަމައަށް 267762.50 ރުފިޔާ ލިބިފައިވާއިރު މުވައްޒަފުންގެ މުސާރައިގެ ގޮތުގައި 240550.40 ރުފިޔާ ހަރަދުވެފައިވާކަމަށް ތަފްސީލީ ރިޕޯޓުން ދައްކައެވެ. ހަމައެއާއިއެކު މި މުއްދަތުގެ ތެރޭގައި އެހެނިހެން ހަރަދުގެ ގޮތުގައި 7185 ރުފިޔާ ޙަރަދުވެފައިވެއެވެ. ޙަރަދަށް ކެނޑުމަށްފަހު ބާކީ 20027.10 ރުފިޔާ ކުނި މެނޭޖުކޮށްގެން ވަނީ ލިބިފައެވެ.
އެހެންނަމަވެސް ވެމްކޯއަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުން މިހާރު ބާކީ ލިބިފައިވާ އަދަދު މިހާރަށްވުރެ މަދުވެގެންދާނެކަމަށް މީދޫ ކައުންސިލުން މަޢުލޫމާތު ދެއްވައެވެ. އަދި އަވަސް މުސްތަޤުބަލެއްގައި އެ ފައިސާ ދެއްކިގެންދާނެކަމަށްވެސް ކައުންސިލުން މަޢުލޫމާތު ދެއްވައެވެ.
ކައުންސިލުން ކުނި މެނޭޖްކުރަން ފެށުމުގެ ސަބަބުން ރަށުގެ ސާފުތާހިރުކަން އިތުރުވެ ރައްޔިތުންނަށްވެސް ބޮޑެތި ލުޔިތަކެއް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މިއީ ކައުންސިލުން ކުރަން ފެށި ރަނގަޅުކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
2018 ވަނަ އަހަރު ވޭސްޓް މެނޭޖްމަންޓުން ލިބިފައިވާ ފައިސާގެ ތަފްސީލް ކައުންސިލުން އާއްމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ