އަހުމަދު މަހްލޫފް އެމްޑީޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އެމްޑީޕީއަށް ސޮއިކޮށްފިއެވެ.
އެމްޑީޕީއަށް ސޮއިކުރުމަށްފަހު މަހްލޫފް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ގާތުން މަސައްކަތްކުރުމަށް އުއްމީދުކުރައްވާކަމަށެވެ.
މަހްލޫފް އެމްޑީޕީއަށް ސޮއިކުރެއްވީ ހޯމަދުވަހުގެރޭ އެވެ.
މަހްލޫފް އެމްޑީޕީއަށް ސޮއިކޮށްފައިވާއިރު، އޭނާ އެންމެ ފުރަތަމަ މަސައްކަތްކުރީ ރައީސް މައުމޫން އަރިހުގައި ޑީއާރުޕީގައެވެ. އަދި ރައީސް މައުމޫން ޑީއާރުޕީން ވަކިވެ ޕީޕީއެމް އުފެއްދެވުމުން މަހްލޫފް ވަނީ ޕީޕީއެމްގަވެސް ރައީސް މައުމޫންއާއި އެކު މަސައްކަތް ކުރައްވާފައެވެ.
މަހްލޫފް ޕީޕީއެމްއިން ވަކިވީ ރައީސް ޔާމީންގެ ސިޔާސަތުތަކަށް ފާޑުވިދާޅުވުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ